ފާއިތުވި ޖޫން މަހު ސަފާރީތަކާއި ގެސްޓްހައުސްތަކުން ގްރީން ޓެކުހަށް ލިބުނު އަދަދު އެއްވަރުވެއްޖެއެވެ.
ގްރީން ޓެކުހަށް ލިބޭ އާމްދަނީ ޖަމާކުރާ "ގްރީން ފަންޑް" ރިޕޯޓު ގައްކާގޮތުން ގެސްޓްހައުސްތަކުން ގްރީން ޓެކްސްގެ ގޮތުގައި ލިބިފައި ވަނީ ގާތްގަނޑަކަށް އެއްމިލިއަން ރުފިޔާއެވެ. ސަފާރީތަކުންވެސް ލިބިފައިވަނީ ގާތްގަނޑަކަށް މިއަދަދަށެވެ.
ރާއްޖޭގެ ބޯޑަރު ހުޅުވި ފަހުން މިހާތަނަށް 517 ގެސްޓްހައުސްގައި 9،072 އެނދު އޮޕަރޭޓްކުރަމުން ދާއިރު، 142 ސަފާރީގައި 2،786 އެނދު އޮޕަރޭޓް ކުރެއެވެ.
ސަފާރީތަކާއި ގްރީން ގެސްޓްހައުސްތަކުން ގްރީން ޓެކުހަށް ލިބުނު އާމްދަނީ އެއްހަމަވީ ނަމަވެސް ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތައް ދައްކާގޮތުން ސަފާރީ އާއި ގެސްޓްހައުސްތަކުގެ ނަމްބަރުގައި ބޮޑު ފަރަގެއް އެބަހުއްޓެވެ.
ޖޫން މަހު ފަންޑަށް ޖުމްލަ ލިބިފައިވަނީ 59 މިލިއަން ރުފިޔާއެވެ. މިއަހަރުގެ މިހާތަނަށް ޖުމްލަ 398 ރުފިޔާ ގްރީން ފަންޑަށް ލިބިފައިވާއިރު، އަހަރުގެ މިހާތަނަށް މި ފަންޑުން 184 މިލިއަން ރުފިޔާ ހޭދަކޮށްފައިވެއެވެ.
ގްރީން ޓެކްސް ނަގަން ފަށާފައިވަނީ 2016 ވަނަ އަހަރުގެ އޮކްޓޯބަރ މަހުން ފެށިގެން، ރާއްޖޭގެ ތިމާވެށި ހިމާޔަތް ކުރުމުގެ އެކި މަސައްކަތް ތަކަށް ފައިސާ ހޯދާށެވެ.
މި ފަންޑަށް ޖަމާވި ފައިސާގެ އަދަދު މިހާތަނަށް ތިން ބިލިއަން ރުފިޔާއަށް ވުރެ އިތުރެވެ.