އިންފޮމޭޝަން ކޮމިޝަނަރުގެ މަގާމަށާއި އިލެކްޝަންސް ކޮމިޝަނަށް މެމްބަރުން އައްޔަން ކުރުން މާދަމާ އޮންނަ މަޖިލީހުގެ ޖަލްސާއަށް އެޖެންޑާކޮށްފިއެވެ.
އިންފޮމޭޝަން ކޮމިޝަނަރުގެ މަގާމަށް އަލްއުސްތާޒް އަހުމަދު އާހިދު ރަޝީދު އައްޔަން ކުރުމަށް މިނިވަން މުއައްސަސާތަކާއި ބެހޭ ކޮމެޓީން ފާސްކުރީ މިމަހުގެ 24 ވަނަ ދުވަހުގައެވެ.
އިންފޮމޭޝަން ކޮމިޝަނަރުގެ މަގާމަށް ކުރިމަތިލި މީހުންނަކީ އަލްއުސްތާޒު ޝިހާމް މުހައްމަދު ވަހީދު، އަލްއުސްތާޒު އަހުމަދު އާހިދު ރަޝީދުގެ އިތުރަށް އަޒްލީމާ އަހުމަދު އާއި މަރިޔަމް އަލީމްއެވެ.
އިންފޮމޭޝަން ކޮމިޝަނަރުގެ މަގާމު ހުސްވެފައިވަނީ 2019 ވަނަ އަހަރުގެ އޮކްޓޯބަރު މަހު ކޮމިޝަނަރު ކަމަށް އައްޔަން ކުރެއްވި ހުސައިން ފިޔާޒު މޫސާ އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ.
އިލެކްޝަންސް ކޮމިޝަނުގެ މެމްބަރު ކަމަށް އައްޔަން ކުރުމަށް ކޮމެޓީން ފާސްކޮށް ތަޅުމަށް ފޮނުވާފައިވަނީ މުހައްމަދު އާސިފްގެ ނަމެވެ.
ދެން ތިއްބެވި ބޭފުޅުންގެ ނަމެއް ތަޅުމަކަށް ނުފޮނުވައެވެ.
އިލެކްޝަންސް ކޮމިޝަންގެ މެމްބަރު ކަމަށް ކުރިމަތިލި މީހުންނަކީ މުހައްމަދު އާސިފް، ޝަހުލާ އިސްމާއިލް އަދި އަޒްލީމާ އަހުމަދު އާއި އަހުމަދު މަންސޫރުގެ އިތުރަށް މަރިޔަމް ހަނީފާ ހާލިދުއެވެ.
ކެލާއިލެކްޝަންސް ކޮމިޝަންގެ މެމްބަރުކަމަށް ހުޅުވާލީ، އެކޮމިޝަންގެ ރައީސް އަހުމަދު ޝަރީފު އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ.