މިހާރު ރިލީޒްކުރުމުގެ މަރުހާލާގައި އޮތް ފިލްމު "ޗެހެރޭ" ގައި އެކްޓަރު އަމީތާބް ބައްޗަންއާއެކު މަސައްކަތް ކުރުމުގެ ފުރުސަތު ލިބުމުން ވަރަށް އުފާވިކަމަށާއި އެހެންނަމަވެސް އެއާއެއްވަރަށް ވަރަށް ބޮޑަށް ޖެހިލުންވިކަމަށް އެކްޓަރު އިމްރާން ހާޝްމީ ބުނެފިއެވެ.

ޓައިމްސް އޮފް އިންޑިއާއަށް ދިން އިންޓަވިއުއެއްގައި އެކްޓަރު އިމްރާން ބުނެފައިވަނީ ފިލްމުގައި އަމީތާބްއާއެކު ކުޅޭ ބައެއް ސީންތަކަކީ ހަގީގަތެއްބާއޭވެސް ބައެއްފަހަރު ހިތަށްއަރާ ކަމަށެވެ.

ދުވަސްވީ އެކްޓަރެއް ނަމަވެސް އަމީތާބް ބައްޗަން ކަހަލަ ލެޖެންޑަކާއެކު މަސައްކަތް ކުރާއިރު ހިތް އަވަސްވެ މީހާ ނުތަނަވަސްވާ ދަނޑިވަޅުވެސް އަންނާނެކަމަށް އިމްރާންވަނީ ބުނެފައެވެ.

އެހެންނަމަވެސް ހަގީގަތަކީ، އަމީތާބް ބައްޗަންއަކީ އެކްޓަރެއްގެ ހައިސިއްޔަތުންވެސް ވަރަށް ބޮޑަށް އެކީގައި މަސައްކަތްކުރާ ކޯ އެކްޓަރުންނަށް އިހްތިރާމްކުރާ ހިތްތިރި ފަންނާނެއްކަމަށް އިމްރާންވަނީ ބުނެފައެވެ.

އަމީތާބް ކަހަލަ ޝޫޓްތަކުގައި އަދި ސީންތަކުގައިވެސް އެހީތެރިވެދޭ ސީނިއަރ އެކްޓަރެއް ހުރިއްޔާ އެމީހަކަށް ލިބިފައިވާ ރޯލު ވަރަށް ފުރިހަމައަށް އަދާކުރުމަށް ހިތްވަރުވެސް ލިބިގިންދާ ކަމަށްވެސް އިމްރާބް ބުނެފައިވެއެވެ.

އަމީތާބްގެ ފަރާތުން ފެނުނު އެންމެ ހައިރާންވި އެއްކަމަކީ ހިންދީ ސިނަމާގައި އެތައް ޒަމާނުއްސުރެ މަސައްކަތް ކޮށްފައިވާއިރުވެސް އަމީތާބްއަކީ ވަރަށް ބޮޑަށް ގަޑިއަށް ފަރުވާތެރިވާ ފަންނާނެކެވެ.

ހަމައެއާއެކު އެތައް ގަރުނެއްގެ ތަޖުރިބާގެ އަލީއާއެކުވެސް މިހާރުވެސް އަމީތާބްއަށް ފިލްމެއް ކުޅުމުގެ ފުރުސަތު ލިބޭ ހިސާބުން ފެށިގެން އޭނާއަކީ ފިލްމުގެ ސްކްރިޕްޓް އަދި ކުޅޭ ކެރެކްޓަރ ވަރަށް ބޮޑަށް ފިލްމުގެ ޑައިރެކްޓަރާއެކު މަޝްވާރާކުރާ ފަންނާނެކެވެ.

މިމޭރުމުން ވާހަކަ ދައްކަމުން އެކްޓަރު އިމްރާން ބުނީ، ފިލްމު "ޗެހެރޭ" ގެ ގިނަ ސީންތައް އެމީހުން ޝޫޓްކޮށްފައިވަނީ ވަރަށް ފިނިގަދަ ލޮކޭޝަން ތަކުގައެވެ.

އެހެންނަމަވެސް ގަދަ ފިނީގައިވެސް އަމީތާބް އޭނާއަށް ލިބިފައިވާ 8 ގަޑިއިރު ޝިފްޓް ނިންމާލުމަށް ފަހުގައި ނޫނީ ލޮކޭޝަނުން އެނބުރި ހޮޓަލަށް ދިޔަތަން ދުވަހަކުވެސް ނުދެކޭކަމަށް އިމްރާން ވަނީ ބުނެފައެވެ.