1960ގެ އަހަރުތަކުގައި ހިންދީ ސިނަމާގައި އެންމެ އަލިގަދަ ތަރިންގެ ތެރޭގައި ހިމެނުނު ސާއިރާ ބާނޫ ހޮސްޕިޓަލްގައި އެޑްމިޓްކޮށް ފަރުވާދޭން ފަށައިފިއެވެ.

ޖުލައި މަހު މަރުވި ބޮލީވުޑްގެ ކުރީގެ މަޝްހޫރު ތަރި ދިިލިޕް ކުމާރުގެ ހުވަފަތް އަންހެނުން ސާއިރާ ބާނޫއަށް މައިލްޑް ހާރޓް އެޓޭކެއް ޖެހި އައިސޫގައި ފަރުވާދެމުން އަންނަކަމަށް ހިންދޫޖާ ހޮސްޕިޓަލާއި ހަވާލާދީ އިންޑިޔާގެ ނޫސްތަކުން ވަނީ ރިޕޯޓްކޮށްފައެވެ.

މިދިޔަ ބުދަ ދުވަހު ސާއިރާ އެޑްމިޓްކޮށް ފަރުވާދެމުން އަންނައިރު މިހާރު ޙާލު މަޑުމަޑުން ރަނގަޅުވަމުން އަންނަކަމަށްވެސް ރިޕޯޓްތައް ބުނެއެވެ.

ދަރުމެންދްރާ ފަދަ ތަރިންނާއި ޙަވާލާދީ ނޫސްތަކުން ރިޕޯޓްކުރާގޮތުގައި ދިލިޕް ވަކިވެދިޔެފަހުން ސާއިރާގެ ޙަޔާތަށްވަނީ މާޔޫސްކަން ވެރިފައެވެ.

70 އަހަރުގެ ސާއިރާއާއި ދިލިޕަށް ދަރިއަކު ލިބިފައެއް ނުވެއެވެ.

ދިޕިލް ކުމާރު މަރުވީ ޖުލައި މަހުގެ 7 ވަނަ ދުވަހުއެވެ.