މަދުން ނޫނީ ނުފެންނަ ޒާތުގެ ރެއިންބޯއެއް އުޑުމަތިން ފެނިއްޖެއެވެ.

މިފަދަ ރެއިންބޯއަށް ސަރކިއުލަރ ރެއިންބޯ ނުވަތަ "ހޭލޯ" ވެސް ކިޔައި އުޅެއެވެ.

މޫސުމާއި ބެހޭ ގައުމީ އިދާރާއިން ބުނި ގޮތުގައި އެއީ "ހައި ކްލައުޑް ލޭޔަރ" އެއް އިނުމުން ފެންނަ އެއްޗެއް ކަމަށެވެ. އަދި އެއީ ހަމައެކަނި އިރުން ފެންނަ އެއްޗެއް ނޫން ކަމަށާއި ހަނދު ވަށައިގެން އެ ވަށްބުރު ފެނިގެންދާނެ ކަމަށްވެސް މެޓް އޮފީހުން ބުނެއެވެ.

މެޓް އޮފީހުން ބުނީ އެއީ އުޑުގެ އެންމެ މަތީ ފަށަލައިގައި އުފެދޭ ވިލާގައި ހުންނަ ގަނޑުފެނުގެ ކުރިކީލަތަކުގެ ތެރެއިން، އަލި ރިފެރިވެގެން އައުމުގެ ސަބަބުން ފެންނަ ވަށްބުރެއް ކަމަށާއި އެއަށް ކިޔަނީ 'ހޭލޯ ފިނޯމިނާ" ކަމަށެވެ.

މި މަންޒަރު ފެނި ގިނަ ބަޔަކު ވަނީ މިއަދު މެންދުރު އުޑުމަތިން ފެނުނު މި ރެއިންބޯގެ ޗާލު ފޮޓޯއިން މީސްމީޑިއާ ފުރާލާފައެވެ.