މީގެ ކުރިންވެސް ސިންޑްރެއްލާގެ ވާހަކަތައް އެކި ގޮތްގޮތަށް އެކި ސިފަސިފައިގައިވަނީ ގެނެސްދީފައެވެ.

ވާހަކަ ފޮތްތަކުގަޔާއި ކުޑަކުދިންގެ ކާރޓޫންތަކުގެ އިތުރުން ފިލްމްތަކުންވެސް ފެންނަމުން އައި ސިންޑްރެއްލާ މިއުޒިކަލް ފިލްމެއްގެ ގޮތުގައި މިފަހަރު ދައްކާނީ އެމޭޒަން ޕްރައިމް އިންނެވެ.

މަނީ ހެއިސްޓްގެ އަޑާއިއެކު އިއްޔެ ނެޓްފްލިކްސް ގުގުމާލި ފަދައިން ޔޫކޭގެ މަޝްހޫރު ޕްރައިމް އެމޭޒަންގައި އިއްޔެވަނީ ސިންޑްރެއްލާގެ އަޑުވެސް ގުގުމަން ފަށާފައެވެ.

އެމެރިކާގެ ޒުވާން ލަކަވަކިޔުންތެރިޔާ ކެމީލާ ކެބެލޯ ޓައިޓްލްރޯލް ކުޅެފައިވާ ފިލްމު "ސިންޑްރެއްލާ" ފިލްމު ގެނެސްދޭނީ އެމެޒަންއިންކަން ކޮލަމްބިއާ ޕިކްޗާޒް އާއި އެމެޒޯންއިން އިޢުލާންކުރީ މީގެ ތިންމަސް ކުރިންނެވެ. އޭރު ފިލްމު ގެނެސްދޭނެ ވަކި ތާރީޚެއް ހާމަކޮށްފައެއް ނުވެއެވެ.

ކެމީލާގެ "ސިންޑްރެއްލާ" ގެ ސްކްރީންޕްލޭ ލިޔެ، ޑައިރެކްޓްކުރީ ކެނަންއެވެ.

ޚިޔާލީ މިވާހަކަ ބެލުންތެރިނާއި ހަމައަށް އައިސްފައިވާއިރު، ފިލްމުގެ ކާސްޓުންގެ ތެރޭގައި، އިޑީނާ މެންޒެލް، ނިކޮލަސް ގެލިޓްޒިން، ޕިއާސް ބްރޮސްނަން، ބިލީ ޕޯޓާ، ޖޭމްސް ކޯޑެން، ބެވަލީ ނައިޓް، ޖޭމްސް އެކާސްޓާ އަދި މެޑީ ބެއިލިއޯ ފަދަ ތަރިން ފެނިގެން ދެއެވެ.