ހިޔާ ފްލެޓް ލިބުނު މީހުނަށް ހާއްސަކޮށްގެން ވިލާ ގޭހުން ޕްރޮމޯޝަނެއް ފަށައިފިއެވެ.

މި ޕްރޮމޯޝަނަކީ ހާއްސަ ލަކީ ޑްރޯއެއްގެ ތެރެއިން ކުރިޔަށްގެންދާ ޕްރޮމޯޝަނެކެވެ.

އެގޮތުން، ހިޔާ ޕްލެޓް ލިބުނު ފަރާތްތަކުގެ ތެރެއިން، މަދުވެގެން 6 މަސްދުވަސް ވަންދެން ގޭސް އޯޑަރު ކުރާ ފަރާތްތަކަށް މި ލްކީ ޑްރޯގައި ބައިވެރިވެވޭނެއެވެ.

ލަކީ ޑްރޯއިން ހޯވޭ ފަރާތްތަކަށް ވިލާ ގޭހުގެ ފަރާތުން ކޮންމެ 6 މަހަކުން 6 މަސްދުވަހުގެ "މެއިންޓެނަންސް ފީ" ދައްކައިދޭނެއެވެ. އެއީ 6000 ރުފިޔާއެެވެ.

މި ލަކީ ޑުރޯގައި ކޮންމެ 6 މަހަކު ޓަވަރަކުން އެކަކު ހޮވޭނެކަމަށް ވިލާ ގޭހުން ބުނެއެވެ. ލަކީޑްރޯގައި ބައިވެރިވެގެން ގޭސް ފުޅިވެސް ހިލޭ ލިބޭނެއެވެ.

މި ލަކީޑްރޯ ކޮންމެ 6 މަހަކުން 6 މަހަކުން ބޭއްވުމަށް ވަނީ ނިންމާފައެވެ.

ލަކީޑްރޯގެ މައުލޫމާތު ހިއްސާކުރަން، މި ހިނގާ ސެޕްޓެމްބަރު މަހުގެ ތިން ވަނަ ދުވަހުން ފެށިގެން 10 ވަނަ ދުވަހުގެ ނިޔަަށް، ކޮންމެ ދުވަހެއްގެ ހަވީރު 04:00 އިން 06:00 އަށް ހުޅުމާލޭ ފޭސް 2 ގައި ރޯޑް ޝޯ އެއް އަންނަނީ ބާއްވަމުންނެވެ.

ވިލާ ގޭހުން އަބަދުވެސް މަސައްކަތްކުރަނީ ކަސްޓަމަރުންނަށް އެންމެ ރަނގަޅަށް އެހީތެރިކަން ފޯރުކޮށްދެވޭނެ ގޮތްތައް ބަލައި، ކަސްޓަމަރުންގެ ބޭނުންތަކާ އެއްގޮތަށް ހިދުމަތްތައް ބައްޓަންކޮށް އިތުރު ފުރިހަމަކަމާއެކު ގިނަ ފައިދާތަކެއް ލިބިދޭގޮތަށް ފަރުމާކުރުމަށް ކަމަށް އެކުންފުނިން ބުނެއެވެ.