އިލެކްޝަން ކޮމިޝަންގެ މެމްބަރުކަމުގެ މަގާމަށް ހ. އިރުވައި، މުހައްމަދު އާސިފް އައްޔަން ކުރައްވައިފިއެވެ.

މެމްބަރުކަމަށް އައްޔަން ކުރެއްވިކަމުގެ ލިޔުން މުހައްމަދު އާސިފާއި ރައީސުލްޖުމްހޫރިއްޔާ ހަވާލުކުރެއްވީ، އެކަމަށްޓަކައި މިއަދު މެންދުރު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި ރަސްމިއްޔާތެއްގައި ކަމަށް ރައީސް އޮފީހުން ބުނެއެވެ.

ރަސްމިއްޔާތުގައި ލިޔުން ހަވާލު ކުރެއްވުމުގެ ކުރިން ރައީސުލްޖުމްހޫރިއްޔާގެ ކުރިފުޅުމަތީގައި އިލެކްޝަންސް ކޮމިޝަނުގެ މެންބަރުކަމުގެ ހުވައި މުހައްމަދު އާސިފް ކުރެއްވި ކަމަށް ރައީސް އޮފިހުން ބުނެއެވެ.

މުހައްމަދު އާސިފްއަށް ހުވާ ލައިދެއްވީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު ޑރ. މުހައްމަދު އިބްރާހީމް ކަމަށް ރައީސް އޮފިހުން މައުލޫމާތުދެއެވެ.

އާސިފަކީ މީގެކުރިން އިލެކްޝަންސް ކޮމިޝަނުގެ ޑެޕިއުޓީ ޑިރެކްޓަރގެ މަގާމާއި އެސިސްޓަންޓް ޑިރެކްޓަރ ޖެނެރަލްގެ މަގާމުވެސް ފުރުއްވާފައިވާ ބޭފުޅެކެވެ.

އާސީފް އިލެކްޝަންސް ކޮމިޝަންގެ މެމްބަރު ކަމަށް އައްޔަނު ކުރުމަށް މަޖިލީހުން ރުހުން ދީފައިވަނީ އޮގަސްޓް 30 ވަނަ ދުވަހުއެވެ.

އީސީގެ މެމްބަރުކަމުގެ މަގާމު ހުސްވީ އެކޮމިޝަނުގެ މެމްބަރު އަދި ރައީސްގެ މަގާމުގައި ހުންނެވި އަހުމަދު ޝަރީފް އިސްތިއުފާ ދެއްވުމުންނެވެ.