ޓެކްސީއަކަށް އެރި 16 އަހަރުގެ އަންހެން ކުއްޖަކަށް ޓެކްސީ ޑްރައިވަރަކު ޖިންސީ ގޯނާކުރި ކަމަށް ބުނާ މައްސަލައެއް ފުލުހުން ތަހުގީގުކުރަން ފަށައިފިއެވެ.

ފުލުހުން ބުނީ އުމުރުން 16 އަހަރުގެ އަންހެން ކުއްޖަކަށް ޓެކްސީ ޑްރައިވަރަކު ޖިންސީ ގޯނާ ކުރިކަމަށް ތުހުމަތުކުރެވޭ މައްސަލައެއް ރޭގެ ވަގުތެއްގައި ހުށަހަޅާފައިވާ ކަމަށެވެ.

މި މައްސަލައާއި ގުޅިގެން މިހާތަނަށް މީހަކު ހައްޔަރުކޮށްފައިނުވާ ކަމަށާއި، ނަމަވެސް މައްސަލަ ފުލުހުން ދަނީ ތަހްގީގު ކުރަމުން ކަމަށް ފުލުހުން ބުނެއެވެ.

އަންހެން ކުއްޖާއަށް ލިބުނު ގޯނާގެ އިތުރު މައުލޫމާތެއް ލިބިފައެއް ނުވެއެވެ.

ކުޑަކުދިންނަށް ކުރާ ޖިންސީ ގޯނާގެ މައްސަލަތައް ދުވަހެއް ދުވަހަކަށް އިތުރުވެފައިވާއިރު، މިކަމާއި ގުޅިގެން ދަޢުލަތުން އަޅަންޖެހޭ ފިޔަވަޅުތައް ހަރުކަށި ކުރުމަށް އާންމުންގެ ފަރާތުން އަބަދުވެސް ދަނީ އެދެމުންނެވެ.