ދިރާގުން އެ ކުންފުނީގެ އޭޑީއެސްއެލް ކަސްޓަމަރުންނަށް ހާއްސަ އޮފާއެއް ތައާރަފް ކޮށްފިއެވެ.

ދިރާގުން ބުނީ އެކުންފުނީގެ އޭޑިއެސްއެލްގެ ހިދުމަތް ބޭނުން ކުރާ ކަސްޓަމަރުންނަށް އިތުރު ހަރަދަކާ ނުލައި ދިރާގުގެ ހައި ސްޕީޑް ފައިބާ ބްރޯޑްބޭންޑަކަށް ބަދަލުކުރެވޭނެ ކަމަށެވެ.

މިއީ އޭޑީއެސްއެލްގެ ހިދުމަތް ބޭނުންކުރާ ފަރާތްތަކުގެ ތެރެއިން ރާއްޖޭގެ އެންމެ ބޮޑު އަދި އެންމެ އަވަސް ފައިބާ ނެޓްވޯކްއަށް ފަސޭހަކަމާއި އިތުރު ހަރަދެއް ނެތްގޮތަށް ބަދަލުކުރަން ލިބޭ ރަނުގެ ފުރުސަތެ ކަމަށް ދިރާގުން ބުނެއެވެ.

މި ފުރުސަތުގައި ކަސްޓަމަރުންނަށް ހިލޭ ރައުޓަރެއް ލިބޭނެ ކަމަށްވެސް ދިރާގުން މައުލޫމާތުދެއެވެ. ދިރާގުން ބުނީ އޭޑީއެސްއެލް ކަސްޓަމަރުންނަށް ދިރާގުގެ މައި އެކައުންޓު ބޭނުންކޮށްގެން ފައިބާ ބްރޯޑްބޭންޑަކަށް އަޕްޑޭޓު ކުރެވޭނެކަމަށެވެ.

މި ބްރޯޑްބޭންޑާއެކީ ކަސްޓަމަރުންނަށް އިތުރު ޑޭޓާ އެލަވަންސާއި އަވަސް ސްޕީޑުގެ ގިނަ ޕެކޭޖުތަކެއް ލިބިގެންދާނެކަން ދިރާގުން ހާމަކުރިއެވެ.

ފޮޓޯ: ދިރާގު

ދިރާގުގެ ހައި ސްޕީޑް ބްރޯޑްބޭންޑު ރާއްޖޭގެ 80 އިންސައްތަ ގޭބީސީއަށް ލިބޭއިރު މި ހިދުމަތް ދިރާގުން ރާއްޖޭގެ 60 ރަށަކަށް ފޯރުކޮށްދެއެވެ.

މި އޮފާ އޮކްޓެބަރ ހަމައަށް ކުރިއަށްދާނެ ކަމަށް ދިރާގުން ބުނެއެވެ.