އެޕަލް އިން މިއަހަރު ނެރޭނެ ކަމަށް މީޑިއާއިން ރިޕޯޓް ކޮށްފައިވާ އައިފޯން-13 އާއްމުކޮށް ދައްކާލާނީ ސެޕްޓެމްބަރ 14 ވަނަ ދުވަހު ކަމަށް އެޕަލް ކޮމްޕެނީން އިއުލާންކޮށްފިއެވެ.

މިމަހުގެ 14 ވަނަ ދުވަހު ދައްކާލާނެ އުފެއްދުންތަކުގެ ތެރޭގައި އައިފޯން-13 ގެ އިތުރުން އެޕަލްގެ ސީރީސް-07 ގަޑިވެސް ހިމެނެއެވެ.

އެޕަލްގެ މިހާއްސަ އިވެންޓް އޮންނާނީ ބުދަ ދުވަހުގެރޭ ރާއްޖޭ ގަޑިން 22:00 ގައެވެ. އެޕަލްއިން އަހަރުދުވަސް ތެރޭގައި ބާއްވާ އެންމެ ހާއްސަ އިވެންޓް މިފަހަރު އޮންނާނީ އޮންލައިންކޮށެވެ.

މިއަހަރު ނެރޭ އައިފޯން-13 އާއި މިދިޔަ އަހަރު ނެރުނު އައިފޯން-12 އާއި އަޅައި ބަލާއިރު ޑިޒައިނަށް މާބޮޑެތި ބަދަލުތަކެއް ގެނެސްފައި ނުހުންނާނެ ކަމަށް އެޕްލްއިން ބުނެއެވެ.

މިއަހަރު ނެރޭނެ ކަމަށް ބެލެވެނީ 5.4 އިންޗިގެ އައިފޯން-13 މިނީ އާއި 6.1 އިގެ އަންޗިއިފޯން 13 އާއި 6.1 އިންޗިގެ އައިފޯން-13 ޕްރޯ އަދި 6.7 އިންޗިގެ އައިފޯން-13 ޕްރޯ މެކްސްއެވެ.

އެޕަލްގެ އުފެއްދުންތަކާއި ގުޅޭ ގޮތުން ވާހަކަދައްކާ ފޮޓޯތައް އާއްމު ކުރަމުން ގެންދަނީވެސް އެޕަލް ކުންފުނިން މައުލޫމާތު ލިބިގެން އެމަސައްކަތް ކުރާ ބްލޮގަރުންނެވެ.