މިދުވަސްވަރަކީ އެތައް ހާސް ބަޔަކަށް ހިޔާ ފުލެޓް ލިބި، އެތަނަށް ބަދަލުވުމުގެ ތައްޔާރީތައް ވަމުންދާ ދުވަސްވަރެކެވެ. އެތައް އަހަރެއް އެކި ގެތަކުގައި ކުއްޔަށް އުޅުމަށްފަހު އަމިއްލަ ތަނެއް ލިބުމުން ކޮންމެ ބަޔެއްގެވެސް އަޒުމަކަށް ވެފައިވަނީ ދިގު މުއްދަތަށް ވިސްނައިގެން ވީވަރަކުން ރަނގަޅު ފެންވަރުގެ ތަކެތި ހޯދުމެވެ.

ތިމާގެ މީހުންނާއި، ގާތް އެކުވެރިންނާއި އަވަށްޓެރިން މި ފަށާ އާ ފެށުމުގެ އުފަލުގައި ބައިވެރިވުމުގެ ގޮތުންނާއި ކުރަން ޖެހިފައިވާ ބޮޑު ޚަރަދަށް ލުޔެއް ދިނުމުގެ ގޮތުން އެންމެންވެސް ދަނީ އެކި ގޮތް ގޮތުން އެހީތެރިކަން ފޯރުކޮށްދެމުންނެވެ. ބައެއް ފަރުނީޗަރު ގަނެދިނުމަށާއި ޓީވީ ގަނެދިނުމަށާއި ތަށިމުށި ޖަހައިދިނުމަށްވެސް އިސްނަގަމުން އެބަ ދެއެވެ.

މިގޮތަށް ބަޔަކަށް އެހީވުމަށް ވިސްނާނަމަ، ކެންޓް ފެން ފިލްޓަރ އަކީ ދެވިދާނެ އެންމެ ބަރާބަރު އެއް ހަދިޔާއެވެ.

ދާއިމީ ގޮތަކަށް ޚަރަދު ކުޑަވުން

ބޯފެންފުޅި ގަންނަން ބައެއް ގޭގޭގައި މަހަކު 1000 ރުފިޔާ ޚަރަދު ކުރެއެވެ. ކެންޓް ފެން ފިލްޓަރެއް ބޭނުން ކުރާނަމަ މަހަކު ޚަރަދު ވާނީ ގާތްގަނޑަކަށް އެންމެ 200 ރުފިޔާއެވެ. މީގެ ތެރޭގައި އަހަރަކު އެއްފަހަރު އަދި، ކޮންމެ ތިން އަހަރަކުން އެއްފަހަރު ބަދަލުކުރަންޖެހޭ ބައިތަކުގެ ހަރަދާއި، ސަރވިސްގެ އަގާއި، އަދި ސަޕްލައި ފެން ބޭނުން ކުރާތީ ބިލަށް އިތުރުވާ ބައިވެސް ހިމެނެއެވެ.

އެތައް ކަސްޓަމަރުންނެއް އަންނަނީ 10 އަހަރަށް ވުރެ ގިނަ ދުވަސް ވިޔަސް އެއްވެސް މައްސަލައެއް ނުޖެހި ކެންޓް ފެން ފިލްޓަރ ބޭނުން ކުރަމުންނެވެ. މަހަކު 800 ރުފިޔާ ސަލާމަތް ކުރެވޭ އިރު، 1 އަހަރަށް ބަލައިފިނަމަ އެއީ 9،600 ރުފިޔާ އެވެ. 10 އަހަރަށް ބަލާނަމަ 96،000 ރުފިޔާއެވެ. އެހެންކަމުން، ކެންޓް ފެން ފިލްޓަރއެއް ހަދިޔާ ކުރުން އެއީ 96،000 ރުފިޔާގެ ހަދިޔާ އެއް ދިނުން ފަދައެވެ.

ގަނެ އުފުލުމުގެ ބުރަ މާޒީގެ ތެރެއަށް

އޭޕްރިލް 2020 ގައި ލޮކްޑައުން އިޢުލާން ކުރުމާ ގުޅިގެން ދެ ހަފްތާއަށް ވާވަރަށް ބޯ ފެންފުޅި ކޮނޑު ޖަހައިގެން ގޮސް ބަދިގެޔާ ސިޓިންގ ރޫމް ފުރާލި މީހުން މާލެއަކު މަދެއް ނުވާނެއެވެ. އަދި ލޮކްޑައުން ތެރޭގައި ބޯފެން، ފިހާރަތަކުން ހުސްވެ ގޭގެޔަށް ބޭނުންވާވަރަށް ނުލިބުމުގެ ސަބަބުން ކެބިނެޓުގެ ވަޒީރުން ޑެލިވަރީއަށް ނިކުންނަން ޖެހުނު ދުވަސްވެސް ފެނުނެވެ.

ހިޔާ ފުލެޓްގައި އެޗްޑީސީއިން އަންދާޒާ ކޮށްފައިވާ ވަރަށް މީހުން ދިރިއުޅޭނަމަ، 5 ލީޓަރުގެ 13،440 ފުޅި ދުވާލެއްގެ މައްޗަށް އަރުވަންޖެހޭނެއެވެ. ލިފްޓު މަދު ވާހަކަ މިހާރުވެސް ދެކެވެމުން ދާއިރު، މީހުން އަރާ ފައިބާ ލިފްޓްތަކުން މިހާގިނަ ފުޅި އެރުވުން ވާނީ އުނދަގޫ ކަމަކަށެވެ. ހާއްސަގޮތެއްގައި މީހުން ހިޔާ އަށް ބަދަލުވާ ދުވަސްކޮޅު، ފެންފުޅި ފަދަ ތަކެތި ބޭނުންވާއިރު ލިބުމުގެ ދަތިކަމާ ކުރިމަތިލާން ޖެހުމުގެ ފުރުސަތު ބޮޑެވެ.

ހިޔާއަށް ބަދަލުވާއިރު، ބަދިގޭގައި ހަރުކޮށްލާ މި ފެން ފިލްޓަރގެ ސަބަބުން މިއިން އެއްވެސް ކަމަކާ ހާސްވާކަށް ނުޖެހޭނެއެވެ.

އެހެނިހެން ފައިދާތައް

ހިޔާ ޓަވަރުތަކުން ދުވާލެއްގެ މައްޗަށް 5 ލީޓަރުގެ 13،440 ފެން ފުޅި ބޭނުން ކުރާނަމަ، ހަމަ އެވަރު ކޮންމެ ދުވަހަކު އުކާވެސްލާނެއެވެ. އެއީ އަހަރެއްގެ މައްޗަށް 5 މިލިއަންއާއި ގާތް ކުރާ އަދަދެކެވެ. ހިޔާގެ ހުރިހާ ފްލެޓެއްގައި މީގެ ފިލްޓަރ ހަރުކުރެވިއްޖެނަމަ، ތިމާވެއްޓަށް ލިބޭ ގެއްލުން ކުޑަވުމުގެ އިތުރުން، ވެމްކޯ މުވައްޒަފުން ހިޔާ ޓަވަރުތަކުން އާންމު ކުނީގެ އިތުރުން ބާލުވަން ޖެހޭ 5 މިލިއަން ފުޅި މަދުވީއެވެ.

ފެންފުޅި އުފުލާ ޕިކަޕުތައް ޑެލިވަރީ އަށް މަޑުކޮށްލާ ފަހަރު ފަހަރު ސައިކަލުގަ ދާމީހުން އަވީގައި ނުވަތަ ވިއްސާރައިގާވެސް މަޑުކުރަން ޖެހެއެވެ. އަދި ލަސްވެގެން މީހުން ބަރުގޮނުއަޅާ ފަހަރު ފަހަރު އުނދަގޫ ވަނީ ކައިރި ގޭގައި ކިޔަވަން އިންނަ ކުއްޖާއަށެވެ. ހިޔާ އަށް ބަދަލުވާން ތިބި އެންމެން މިއަދުވެސް މާލޭގައި އުޅޭ ގޭގައި ފިލްޓަރ ހަރުކޮށްލުމުން މާލެ މަގުމަތިން 5 ލީޓަރުގެ ފެންފުޅި ފުރާ އަރުވައިގެން ދުއްވާ 75 ވަރަކަށް ކުޑަ ޕިކަޕު ކޮންމެ ދުވަހަކު މަދުވާނެއެވެ.

ކެންޓް ކީއްވެ؟

މިވަގުތު ރާއްޖޭގައި ވިއްކާ ފިލްޓަރތަކަށް ބަލާލާއިރު، އެކި ބްރޭންޑްގެ އަދި އެކި ޓެކްނޮލޮޖީ ބޭނުންކުރާ ތަފާތު ކޮލިޓީގެ ފިލްޓަރ ހިމެނެއެވެ. އާދައިގެ ފިލްޓަރ އެއްގައި ވިޔަފާރިވެރިން ބޭނުންވާ ކުންފުންޏެއްގެ ނުވަތަ ބްރޭންޑެއްގެ ނަން ޖަހައި ތައްޔާރުކުރުމުގެ ފުރުސަތު އެކި ޤައުމުތަކުގައި އޮންނަ އިރު، ޢާއިލާގެ އެންމެން ބޯން ބޭނުން ކުރާނެ ފެން ތައްޔާރު ކޮށްދޭ ފިލްޓަރ އަކީ ފެންވަރުގެ ގޮތުން ޝައްކު ނުއުފެދޭވަރުގެ ފިލްޓަރ އަކަށް ވާންވާނެއެވެ. ހަމަ އެހެންމެ، ފިލްޓަރ ގަތުމަށް ފަހު އޭގެ ބައިތައް ބަދަލު ކުރުމަށް ބޭނުންވާ ސްޕެއާ، ބޭނުންވާ ވަގުތު، ހެޔޮ އަގުގައި ލިބޭނެ ކަމުގެ ޔަޤީންކަން އޮތުން މުހިންމެވެ.

ކޮލިޓީގެ ގޮތުން އެންމެ މަތީ ފަންތީގައި ހިމެނޭ ކެންޓް ފިލްޓަރ ދިވެހި ރާއްޖެޔާއި އަދި މުޅި ދުނިޔޭގައިވެސް ވަނީ އިތުބާރު ހޯދާފައެވެ.

2008 ވަނަ އަހަރުން ފެށިގެން މެދުކެނޑުމެއްނެތި ފިލްޓަރއަށް ބޭނުންވާ ބައިތައް އަގުހެޔޮކޮށް ފޯރުކޮށް ސަރވިސް ކޮށްދިނުމުގެ އިތުރުން، ކުރިޔަށް އޮތް ތާނގައިވެސް އެޚިދުމަތް ބަރާބަރަށް ލިބޭނެކަމުގެ ޔަގީންކަން ކެންޓް ފެން ފިލްޓަރ އެތެރެކުރަމުންދާ ރޭޑިއަންޓް ހީޓް ވޯޓަރސްއިން ދެއެވެ.

ރާއްޖޭގައި ވިއްކަން ހުންނަ ގިނަ ފިލްޓަރުގެ ބައިތައް ކޮންމެ 3 މަހަކުން ނުވަތަ 6 މަހަކުން ބަދަލު ކުރަން ޖެހޭއިރު، ކެންޓް ފިލްޓަރގެ ބައިތައް ބަދަލު ކުރަން ޖެހޭނީ އެންމެ އަވަސް ވެގެންވެސް 1 އަހަރު ކޮށްފައެވެ. އަދި ފިލްޓަރގެ ބަޔެއް ބަދަލު ކުރަން ޖެހުމުން އެއިން އަމިއްލައަށް އަލާމްވެ އަންގައިދޭނެއެވެ.

ޚާއްސަ ޕްރޮމޯޝަން

ހިޔާ ފުލްޓަށް ބަދަލުވުމުގެ ތައްޔާރީތައް ދުރާލާ ވަމުންދާ މިވަގުތު ޚާއްސަ ޕްރޮމޯޝަންއެއް މި ވަނީ ފަށާފައެވެ. ދިވެހިންނަށް އެންމެ މަގުބޫލު ވައްތަރު ކަމަށްވާ ކެންޓް ގްރޭންޑް އްދި ކެންޓް ސުޕަރ ޕްލަސްއިން ސެޕްޓެމްބަރ މަހުގެ ނިޔަލަށް 30 އިންސައްތައިގެ ޑިސްކައުންޓް ލިބޭނެއެވެ. އެހެންކަމުން، ކުރިން 6،000 ރުފިޔާއަށް ހުރި ކެންޓް ގްރޭންޑް މިހާރު 4،200 ރުފިޔާއަށް ލިބެން ހުންނާނެއެވެ. އަދި ކުރިން 5،000 ރުފިޔާއަށް ހުރި ކެންޓް ސުޕަރ ޕްލަސް 3،500 ރުފިޔާއަށް ލިބެން ހުންނާނެއެވެ.

ރާއްޖޭގައި ލިބެން ހުންނަ ގިނަ ފިލްޓަރތަކާ ހިލާފަށް "ކެންޓް ގްރޭންޑް"ގައި ނުރައްކާތެރި ބެކްޓީރިޔާ ނައްތާލަން ހާއްސަ ޔޫވީ ޓެކްނޮލޮޖީވެސް ބޭނުންކުރެއެވެ.

ހިޔާ ފްލެޓްގައި ކުރަން ޖެހޭ ބޮޑެތި މަސައްކަތްތައް ނިންނުމަށް ފަހު ފިލްޓަރ ހަރުކުރުމަށް ގިނަ ބޭފުޅުން ނިންމާފައިވަނީ ނޮވެމްބަރ ހިސާބުގައި ވުމުން، ފިލްޓަރ ހުސްނުވެ ބޭނުންވާ ހުރިހާ ބޭފުޅުންނަށް ލިބޭނެކަމުގެ ޔަގީންކަން ހޯދުމަށް ކެންޓް ފިލްޓަރގެ ޕްރީ އޯޑަރ ނެގުންވެސް މިހާރު ވަނީ ފެށިފައެވެ.

7900799 އަށް ވައިބާ ކޮށްލެއްވުމުން ކެންޓް ފިލްޓަރ ތަކުގެ މައުލޫމާތާއި މި ޕްރޮމޯޝަންގެ ދަށުން ލިބޭ އިތުރު ޑިސްކައުންޓް ތަކުގެ ތަފުޞީލުތައް ލިބިލައްވާނެއެވެ.