މޯލްޑިވިއަންގެ 7 ޕައިލެޓުން ވަޒީފާއިން ވަކިވީ ނޯޓިސް ދިނުމަށް ފަހުގައި ކަމަށް އެ ކުންފުނީގެ ޕީއާރު އެންޑް ކޮމިއުނިކޭޝަން މެނޭޖަރު މޫސާ ވަސީމް ވިދާޅުވެއްޖެއެވެ.

މޯލްޑިވިއަންގައި މަސައްކަތް ކުރާ 7 ޕައިލެޓަކު އިއްޔެގެ ވަގުތެއްގައި އެކުންފުނީގެ ވަޒީފާއިން ވަކިވުމާއި ގުޅިގެން "ވީނިއުސް"އިން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން މޫސާ ވަސީމް ވިދާޅުވީ ވަޒީފާއިން ވަކިވި 7 ޕައިލެޓުންވެސް ވަކިވެފައިވަނީ ކޮމްޕެނީގައި އޮންނަ އުސޫލުގެ ތެރެއިން ނޯޓިސް ދިނުމަށްފަހު ކަމަށެވެ.

މޫސަ ވިދާޅުވީ ކޮވިޑް-19ގެ ސަބަބުން ޕައިލެޓުންގެ މުސާރަތަކަށް ބަދަލުތަކެއް ގެނެވުނު ނަމަވެސް މިހާރު އަލުން މުސާރައަށް ހެޔޮ ބަދަލެއް ގެނެސްފައިވާނެ ކަމަށެވެ.

ކޮވިޑް-19ގެ ސަބަބުން މުވައްޒަފުންގެ މުސާރައަށް ބަދަލުތަކެއް އައި އެކަމަކު މިހާރު ރަނގަޅުވާނެ. އެހެން ނަމަވެސް އަދިވެސް ޕްރީ ކޮވިޑްގެ މުސާރައެއް އަދި އެއްވެސް މުވައްޒަފަކަށް ނުދެވޭ" .
މޯލްޑިވިއަންގެ ޕީއާރު އެންޑް ކޮމިއުނިކޭޝަން މެނޭޖަރު މޫސާ ވަސީމް

މޫސަ މިހެން ވިދާޅުވި ނަމަވެސް މައުލޫމާތު ލިބޭގޮތުގައި ޕައިލެޓުން ވަޒީފާއިން ވަކިވީ މުސާރައާއި މެނޭޖްމަންޓާއި ދޭތެރޭ ހިތްހަމަނުޖެހިގެންނެވެ.

މޯލްޑިވިއަންގެ ސީޕްލޭން ދުއްވަން މިވަގުތު 15 ޕައިލެޓުން ތިބިއިރު އޭގެ ތެރެއިން ގިނަ ޕައިލެޓުންތަކެއް އެއްފަހަރާ ވަޒީފާ އިން ކެނޑުނަސް އޮޕަރޭޝަންތަކަށް މެދުކެނޑުމެއް ނާންނަ ގޮތަށް މެނޭޖްކުރެވޭނެ ކަމަށް އެ ކުންފުނިން ބުނެއެވެ.

ވަޒީފާއިން ވަކިވެފައިވަނީ އެކުންފުނީގެ ސީޕްލޭންގައި މަސައްކަތްކުރާ 7 ޕައިލެޓުންނެވެ.

އެއީ ހަތަރު ކެޕްޓަނުންނާއި 3 ކޯ ޕައިލެޓެވެ.

މިކަމާ ގުޅިގެން ސަރުކާރުން އަދި މިހާތަނަށް ވަކި އެއްޗެއް ހާމަކޮށްފައެއް ނުވެއެވެ.