ގިނަ ތަރިންތަކެއް ފެންނަ ހިންދީ ފިލްމް ބޫތު ޕޮލިސް މިއަދު ރިލީޒް ކޮށްފިއެވެ.

މިއީ، ރަމޭޝް ތައުރާނީ ޕްރޮޑިއުސްކޮށް، ޕަވަން ކިރްޕަލާނީ ޑައިރެކްޓްކޮށްފައިވާ ފިލްމެކެވެ.

ފިލްމް ރިލީޒްކުރަން، ކުރިން ހަމަޖެހިފަ އޮތީ މިމަހު 17 ވަނަ ދުވަހުއެވެ.

ފިލްމުގެ އޮފިޝަލް ޓްރެއިލާ ދައްކަަލާފައިވާއިރު ފިލްމުގެ ދެ ލަވައެއް ވެސް ވަނީ މިފަހުން ރިލީޒްކޮށްފައެވެ.

މަޝްހޫރު ގިނަ ތަރިންތަކެއް ފެނިގެންދާ މިފިލްމަށް ބެލުންތެރިން އައީ އިންތިޒާރު ކުރަމުންނެވެ.

129 މިނިޓްގެ މިފިލްމުގައި ސައިފް އަލީ ޚާން، ޖެކްލިން ފެނާންޑިސް، އަރުޖުން ކަޕޫރުގެ އިތުރުން ޔާމީ ގޯތަމް އާއި ފާތިމާ ސަނާ ޝެއިޚްވެސް ފެނިގެންދާނެއެވެ.

ފިލްމްގެ ބައެއް ލަވަތައް މިހާރުވެސް އެމްޓީވީއިން ފެންނައިރު ފިލްމްގެ ޓައިޓްލް ލަވަ "އާޔީ އާޔީ ބޫތު ޕޮލިސް" އަށް އާންމުންގެ ބޮޑު ތަރުހީބެއް އަންނަނީ ލިބެމުންނެވެ.

މި ލަވަ ކިޔާފައިވަނީ މަޝްހޫރު ލަވަކިޔުންތެރިން ކަމުގައިވާ ވިޝާލް ޑަޑްލާނީ އާއި ސުނިދީ ޗޯހާންއެވެ.

ބިރުވެރި ކަންތައްތަކެއް ހެއްވާ ގޮތަކަށް ފެނިގެންދާ "ބޫތު ޕޮލިސް" ގެ މިއުޒިކް ހަދާފައިވަނީ ޖިގަރެވެ.