ސެމްސަންގްގެ އެންމެ ފަހުގެ ފްލޭގްޝިޕް ފޯނު ގެލެކްސީ ޒީ ފޯލްޑް3 5ޖީ 10 ސެޕްޓެމްބަރުން ފެށިގެން ދިރާގުން ޕްރީ އޯޑަރ ކުރެވޭނެކަމަށް އެކުންފުނިން ބުނެފިއެވެ.

މިއީ ސެމްސަންގްގެ ފަތްޖަހާލެވޭ ފޯނުތަކުގެ 3ވަނަ ޖެނެރޭޝަންގެ ފޯނެކެވެ. އެގޮތުން މި ފޯނުން ކަސްޓަމަރުންނަށް މޮބައިލް ފޯނު ގެންގުޅުމުގައި މުޅިން އާ ތަޖުރިބާއެއް ކޮށްލެވޭނެއެވެ. ބޮޑު ފޯނު ސްކްރީނަކުން ފެށިގެން ފަތްޖަހާލެވޭ ގޮތަށް ފަރުމާކޮށްފައިވާ މި ތަފާތު އަދި އީޖާދީ ފޯނު މެދުވެރިކޮށް ކަސްޓަމަރުންނަށް މަސައްކަތް ކުރުމާއި މުނިފޫހިފިލުވުމުގެ ކަންކަން ކުރުމުގެ ތަފާތު ތަޖުރިބާއެއް ކުރެވޭނެއެވެ.

މި ފޯނަކީ ދުނިޔޭގެ ފުރަތަމަ އަންޑަރ ޑިސްޕްލޭ ކެމެރާއެއް ހިމެނޭ ފަތްޖަހާލެވޭ ފޯނެވެ. 7.6 އިންޗް "އިންފިނިޓީ ފްލެކްސް" ޑިސްޕްލޭއެއްގެ އިތުރުން ގެލެކްސީ ފޯލްޑް 3 5ޖީގައި އެސްޕެންވެސް ސަޕޯރޓްކުރާނެއެވެ.

ދިރާގު މެދުވެރިކޮށް ފޯނުތައް ޕްރީ އޯޑަރ ކުރާ ކަސްޓަމަރުންނަށް 10 ޖީބީ ހިލޭ ޑޭޓާ 6 މަސްދުވަހުގެ މުއްދަތައް ދިނުމަށްވަނީ ހަމަޖައްސާފައެވެ. މީގެއިތުރުން ދިރާގުން މި ފޯނަށް ޕްރީ އޯޑަރ ކުރާ ކަސްޓަމަރުންނަށް ގެލެކްސީ ބަޑްސް2 ހަދިޔާއެއްގެ ގޮތުގައި ލިބޭނެކަމަށް ދިރާގުން ބުނެއެވެ. ސެމްސަންގް ގެލެކްސީ ޒީ ފޯލްޑް3އަށް 5ޖީ، ދިރާގު 5ޖީ އަދި ދިރާގު އީ-ސިމް ސަޕޯޓްކުރާނެއެވެ.