ރިލީޒް ކުރާނެ ތާރީޚެއް އަދި ނިންމާފައި ނުވާ ސަލްމާން ޚާންގެ "އަންތިމް: ދަ ފައިނަލް ޓުރުތު" ގެ ފުރަތަމަ ލަވަ ދައްކާލައިފި އެވެ.

މި ފިލްމަކީ އެކްޓަރު މަހޭޝް މަންޖްރޭކަރް ޑައިރެކްޓްކޮށްފައިވާ ފިލްމެކެވެ.

"އަންތިމް" އަކީ 2018 ގެ މަރާޓީ ފިލްމު "މުލްޝީ ޕެޓާން" އަސްލަކަށް ބަލައިގެން ހަދާފައިވާ ފިލްމެކެވެ.

ސަލްމާ ޚާން، ވަރުން ދަވަން، އަޔުޝް ޝަރުމާގެ އިތުރުން ޕްރަގްޔާ ޖައިސްވާލް ފެނިގެންދާ މިފިލްމްގެ ޓްރެއިލާވަނީ ހުސްވި އަހަރުގެ ޑިސެމްބަރު މަހު ރިލީޒްކޮށްފައެވެ. ސަލްމާންގެ ފިލްމްތަކަށް ލޯބިކުރާ އަދި އޭނަގެ ފިލްމްތަކަށް އިންތިޒާރު ކުރަމުން އަންނަ މީހުންނަށް އަންތިމްގެ ފުރަތަމަ ލަވައިންވެސް ވަނީ ހައިރާންކަން ގެނުވާފައެވެ.

ވަރުން ދަވަންވެސް ފެންނަ މި ލަވަ އަކީ ފޯރިގަދަ ލަވައެކެވެ. "ވިގާނާހަތުރާ" ގެ ނަން ދީފައިވާ ލަވައިން ވަރުންގެ އިތުރުން ސަލްމާނާއި "އަންތިމް"ގެ ކާސްޓްގައި ހިމެނޭ އާޔޫޝް ޝަރުމާވެސް ފެނެއެވެ.

ފިލްމު ރިލީޒްކުރާނެ ތާރީޚެއް އަދި އިއުލާން ކޮށްފައި ނުވިނަމަވެސް މި އަހަރު ފިލްމު ބެލުންތެރިންނަށް ގެނެސްދިނުމުގެ ފުރުސަތު ބޮޑެވެ.

ސަލްމާން ޚާން އެންމެ ފަހުން ފެނިގެން ގޮސްފައިވަނީ މިއަހަރުގެ މޭ މަހު ނިކުތް ފިލްމް ރާދޭ އިންނެވެ.