ޑިޒްނީ ގެނެެސްދޭން ނިންމާފައިވާ ކުރީގެ ކާޓޫން ފިލްމު "ލިޓްލް މާމެއިޑް" ގެ ލައިވް-އެކްޝަން ފިލްމު ގެނެސްދޭނީ 2023 ގައި ކަމަށް ބުނެފިއެވެ.

ދަ ޕީޕަލް މެގަޒިން އިން ރިޕޯޓްކޮށްފައިވާ ގޮތުގައި 2019 އިއުލާންކުރި މިފިލްމު ސިނަމާތަކަށް އަންނާނެ ކަމަށް ލަފާކުރާ ތާރީޚަކީ 2023 މެއި 26 ވަނަ ދުވަހުއެވެ.

"ލިޓްލް މާމެއިޑް" ޑިޒްނީން ކުރިން ގެނެސްދީފައިވާ އެނިމޭޓް ފިލްމުތައް އަސްލު އެކްޓަރުންނާއި ސީޖީއިއާއެކު ގެނެސްދޭން ފަށާފައި އޮތް މަސައްކަތުގެ ތެރެއިން އިއުލާންކުރި ފިލްމެކެވެ.

އޭގެ އެހެން ފިލްމްތައް މިހާރުވެސް ހެދުމުގެ މަރުހަލާގައި އޮތް އިރު، ބައެއް ފިލްމުތައް ގެނެސްދީގެން ބޮކްސް އޮފީހުގައި ބޮޑެތި ކާމިޔާބީތަކެއްވެސް ވަނީ ހޯދާފައެވެ. އޭގެތެރޭގައި "ބިއުޓީ އެންޑް ދަ ބީސްޓް"، "ލަޔަން ކިންގް"، "އަލައްދިން"، "މުލާން" އަދި "ޑަމްބޯ" ފަދަ ފިލްމުތައް ހިމެނެއެވެ.

"ލިޓްލް މާމެއިޑް" އަސްލު އެކްޓަރުންނާ އެކު ގެނެސްދޭއިރު މީގެ ޓައިޓްލް ރޯލު ކަމުގައިވާ އޭރިއަލްގެ ރޯލު ކުޅެނީ ހެލީ ބެއިލީއެވެ.

ފިލްމުގެ އިތުރު ކާސްޓުންގެ ތެރޭގައި ޖޯނާ ހައުއާ-ކިންގް، ޑަވީޑް ޑިގްސް، ޒޭވިއާ ބާޑެން، މެލީޒާ މެކާތީ، އޯކަފީނާ އަދި ޖެކޮބް ޓްރެމްބްލޭ ހިމެނެއެވެ.

ބެލުންތެރިންގެ ބޮޑު ތަރުހީބެއް ލިބުނު 2018 ވަނަ އަހަރުގެ މިއުޒިކަލް ފެންޓަސީ ފިލްމް "މޭރީ ޕޮޕިންސް ރިޓާރން ގެ ޑައިރެކްޓަރ ރޮބް މާޝަލްގެ މި ފިލްމަށްވެސް ގިނަ ބެލުންތެރިން އަންނަނީ އިންތިޒާރު ކުރަމުންނެވެ.

މި ފިލްމަކީ ލީޑް ބަތަލާއެއްގެ ގޮތުގައި ހެއިލީ ކުޅޭ ފުރަތަމަ ފީޗާ ފިލްމެވެ.

ފްރީފޯމްގެ ސީރީޒްގެ "ގްރައު-ނިޝް" ގައިވެސް މަސައްކަތްކޮށްފައިވާ ހެލީ އަކީ ދައްތަ ކްލޯއީއާ ގުޅިގެން މިއުޒިކް ވެސް ކޮމްޕޯޒް ކުރާ ފަންނާނެކެވެ.

ޑިޒްނީގެ ލައިވް-އެކްޝަން ފިލްމުތަކުގެ ތެރެއިން އެންމެ ފަހުން ގެނެސް ދިން ފިލްމަކީ މެއިމަހުގެ 19 ވަނަ ދުވަހު ރިލީޒް ކުރި ރިލީޒް ކުރި "ލަޔަން ކިންގް" އެވެ.

ކުރިއަށް ހުރި އިތުރު ފިލްމުތަކުގެ ތެރޭގައި ޕިނޯކިއޯ، މުލާން، ދަ ސްވޯޑް އިން ދަ ސްޓޯމް އަދި ލޭޑީ އެންޑް ދަ ޓްރޭމްޕް ހިމެނެއެވެ.

"ލިޓްލް މާމެއިޑް" ގެ އެނިމޭޓް ފިލްމު ގެނެސްދިނީ 1989 ގައެވެ.