ޑިސްކަވަރީ އެޑްވެންޗަރ ޝޯޥއެއްގެ މަންޒަރުތައް ޝޫޓް ކުރުމަށް ބޮލީވުޑްގެ މަޝްހޫރު ތަރި އަޖޭ ދޭވްގަން ރާއްޖެ އަތުވެއްޖެއެވެ.

މި އެޕިސޯޑް ނެގުމަށް ޕްރޮޑަކްޝަން ޓީމާއިއެކު އިއްޔެ އަޖޭ ރާޢްޖެ އަންނާކަމަށް އިންޑިޔާގެ ނޫސްތަކުގައިވަނީ ރިޕޯޓްކޮށްފައެވެ.

އަޖޭ ރާއްޖެ އައިސްފައިވަނީ އިއްޔެ ކަމަށްވެސް އިންޑިޔާ ޓައިމްސްއިން ވަނީ ރިޕޯޓްކޮށްފައެވެ.

ޑިސްކަވަރީ ޗެނަލްގެ އެޑްވެންޗަރ ޝޯވ "އިންޓު ދަ ވައިލްޑް ވިތް ބެއަރ ގްރިލްސް" ގެ މަންޒަރުތައް ޝޫޓްކުރަން މިފަހަރު ހަމަޖެހިފައި އޮތީ ރާއްޖޭގައެވެ.

އެހެންނަމަވެސް މި އެޕިސޯޑް ޝޫޓްކުރަނީ ރާއްޖޭގެ ކޮން ހިސާބެއްގެކަމެއް އަދި އެނގިފައެެއް ނުވެއެވެ.

ޑިސްކަވަރީގެ މި ޝޯގައި އެންމެ ފަހުން ބައިވެރިވީ ރަޖްނީކާންތާއި އަކްޝޭ ކުމާރެވެ.

ތަފާތު ސަރަހައްދުތަކަށް ގެންގޮސް އެކިކަހަލަ ސްޓަންޓް ހައްދުވާ އަމިއްލައަށް ސަވައިވްވާން ޖެހޭގޮތަށް ޑިޒައިންކޮށްފައިވާ މި ޝޯގެ އަޖޭގެ އެޕިސޯޑް ފުރަތަމަ ދައްކާނީ ޑިޒްނީ އެޕުންނެވެ.

މި ޝޯގައި އަކްޝޭއާއި ރަޖްނީ ކާންތު ބައިވެރި އެޕިސޯޑް ޝޫޓްކޮށްފައިވަނީ ކަރަނާޓަކާގެ "ބަންޑީޕޫރް ނޭޝަނަލް ޕާކް އެންޑް ޓައިގަރ ރިޒާވް" ގައެވެ.

ބެއާ ގްރިލްސްގެ މި ޝޯއަކީ ވަރަށް ކާމިޔާބު ޝޯއެކެވެ. މަޝްހޫރު ފަންނާނުންގެ އިތުރުން މަތީ މަގާމުތަކުގެ ބައެއް ބޭފުޅުން ވެސް ބައިވެރިވެފައިވާ ޝޯއެކެވެ.

އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީވެސް 2019 ވަނަ އަހަރު މި ޝޯވގައި ބައިވެރިވެފައެވެ. އެއީ މިޝޯގެ އެޕިސޯޑެއް ކަމުގައިވާ ''މޭން ވަރސަސް ވައިލްޑް ވިތު ބެއާ ގްރިލްސް އެންޑް ޕީއެމް މޯދީ'' އެވެ.

މީގެއިތުރުން ބޮލީވުޑުގެ ''ކިލާޅީ'' އެކްޓަރ އަކްޝޭ ކުމާރުވެސް ވަނީ މިޝޯގައި ބައިވެރިވެފައެވެ.

އަކްޝޭ ކުމާރު ބައިވެރިވެފައިވާ އެޕިސޯޑު ވަނީ މިދިޔަ އަހަރުގެ ސެޕްޓެމްބަރ 11 ވަނަ ދުވަހު ޑިސްކަވަރީ ޕްލަސް އަދި ސެޕްޓެމްބަރ 14 ވަނަ ދުވަހު ޑިސްކަވަރީ ޗެނަލްއިން ދައްކާފައެވެ.

އަކްޝޭ ކުމާރަށް ފަހު މި ޝޯގައި ބައިވެރިވަނީ އަޖޭ ދޭވްގަންއެވެ.

52 އަހަރުގެ އަޖޭ ދޭވްގަންގެ އެންމެ ފަހުން ފެނިގެން ގޮސްފައިވަނީ، ބޫޖް: ދަ ޕްރައިޑް އޮފް އިންޑިޔާ، މައިދާން، އަދި މޭޑޭ ފަދަ ފިލުމުތަކުންނެވެ.