ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރުސީއެމް)ގެ މެންބަރު ކަމުގެ މަގާމަށް ގދ. ތިނަދޫ، އަސާގެ ސަމާއު އަހުމަދު ނަޖީބު އައްޔަން ކުރުމަށް ރައްޔިތުންގެ މަޖިލީހުން ރުހުން ދީފިއެވެ.

ސަމާއު އައްޔަން ކުރުމަށް މަޖިލީހުން ފާސްކޮށްފައިވަނީ 42 މެމްބަރުންގެ ވޯޓުންނެވެ.

އެޗްއާރުސީއެމްގެ މެމްބަރު ކަމަށް އަައްޔަން ކުރަން 14 ބޭފުޅެއްގެ ނަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ މިދިޔަ ޖުލައި މަހު މަޖިލީހަށް ފޮނުއްވިއެވެ.

އޭގެ ތެރެއިން ރައީސުލްޖުމްހޫރިއްޔާ އިސްކަން ދެއްވި ތަރުބީމުން މަޖިލީހަށް ނަންތައް ފޮނުވައި ހިއުމަންރައިޓް ޖެންޑާ ކޮމެޓީން ވަނީ މީގެ ތެރެއިން 11 ބޭފުޅުންނާއި އިންޓަރވިއު ކޮށްފައެވެ.

ކޮމިޓީއަށް ހާޒިރުވި ބޭފުޅުންނާ އިންޓަވިއު ކުރުމަށް ފަހު އެޗްއާރުސީއެމްގެ މެމްބަރު ކަމަށް އައްޔަން ކުރަން ރުހުން ދޭން ސަމާއުއަށް ނިންމިއިރު އޭނާއަށް ޖުމްލަ ނުވަ މެމްބަރުންގެ ވޯޓު ލިބިވަޑައިގެންނެވިއެވެ.

އެޗްއާރުސީއެމް އެކުލެވިގެންވަނީ 5 މެމްބަރުންގެ މައްޗަށެވެ.

މިވަގުތު އެކޮމިޝަންގައި ތިއްބެވީ އާމިނަތު ޝިފާޢަތު އަބްދުއްރައްޒާގާއި، މުއުމިނާ ވަހީދާއި، ޑޮކްޓަރ އަޙްމަދު އަދުހަމް ޢަބްދުﷲގެ އިތުރުން މަރިޔަމް މުނާއެވެ.