ޑިޒައިން އެންޑް ބިލްޑް އުސޫލުން ށ. މަރޮށި ބަނދަރު ހެނދުމަށް ހެވީ ފޯސް ޕްރައިވެޓް ލިމިޓެޑާއި ހަވާލު ކޮށްފިއެވެ.

މިކަމާއި ގުޅޭ އެއްބަސްވުމުގައި މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ފާރާތުން ސޮއިކުރެއްވީ ޑިރެކްޓަރ ޖެނެރަލް ފާތިމަތި ޝާނާ ފާރޫގުއެވެ. އަދި ހެވީ ފޯސް ޕްރައިވެޓް ލިމިޓެޑްގެ ފާރަތުން ސޮއިކުރެއްވީ މެނޭޖިންގެ ޑިރެކްޓަރަ އިބްރާހިމް ޒަހީރުއެވެ.

ޑިޒައިން އެންޑް ބިލްޑް އުސޫލުން ހަވާލުކުރި މި މަޝްރޫއުގެ ދަށުން، ށ. މަރޮށި ބަނދަރާއި ނެރު ފުންކުރާނެއެވެ.

މި މަޝްރޫއުގެ ދަށުން 202 މީޓަރ ގްރޮއިން ޖަހައި، 490 މީޓަރ ސޭންޑް-ފިލް ބޭރޭކް ވޯޓަރ ޖެހުން ހިމެނެއެވެ. އަދި 131 މީޓަރ ބޮޑު ހިލައިގެ ބޭރުތޮށި ޖެހުމާއި، 268 މީޓަރ ރިވެޓްމެންޓް ޖެހުމާއި، 02 ނެވިގޭޝަން ލައިޓް ހަރުކުރުމާއި، 416 މީޓަރ އެއްގަމު ތޮށި ޖެހުމުގެ އިތުރުން 57 މޫރިންގ ރިންގު ހަރުކުރުމާއި، 12 މޫރިންގ ބޮއި ހަރުކުރުންވެސް ހިމެނެއެވެ.

މީގެއިތުރުން އެއްގަމުތޮށިން ބޭރުތޮށްޓަށް އެރުމަށް ބްރިޖެއް އެޅުންރޭމްޕް ހެދުމާއި، މަގު ބައްތި ހަރުކުރުންވެސް ހިމެނެއެވެ.

މިމަޝްރޫއަކީ 420 ދުވަހުގެ ތެރޭގައި ނިންމަން ހަވާލުކޮށްފައިވާ، 43.3 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.