އުރީދޫ މޯލްޑިވްސްއިން ރާއްޖެއަށް މުޅިން އަލަށް ތައާރަފްކޮށްފައިވާ 5ޖީ ހޯމް ބްރޯޑްބޭންޑް، އެއަފައިބަރ ޕްލޭންތަކަށް ބޮޑެތި ބަދަލުތަކެއް ގެނެސްފައެވެ.

އެގޮތުން 5ޖީ އެއާފައިބަރ 2 އެމްބީޕީއެސް ސްޕީޑްގައި 749 ރުފިޔާއަށް 300 ޖީބީއާއެކު ލިބޭނެއެވެ. އަދި 5ޖީ އެއާފައިބަރ 2 އެމްބީޕީއެސް ސްޕީޑްގައި 999 ރުފިޔާއަށް 500 ޖީބީއާއެކު ލިބޭއިރު، 5ޖީ އެއާފައިބަރ 2 އެމްބީޕީއެސް ސްޕީޑްގައި 1499 ރުފިޔާއަށް 750 ޖީބީއާއެކު ލިބޭނެއެވެ.

މީގެއިތުރުން 5ޖީ އެއާފައިބަރ 5 އެމްބީޕީއެސް ސްޕީޑްގައި 1999 ރުފިޔާއަށް 1024 ޖީބީއާއެކު ލިބޭނެއެވެ. 5ޖީ އެއާފައިބަރ 5 އެމްބީޕީއެސް ސްޕީޑްގައި 2999 ރުފިޔާއަށް 1536 ޖީބީއާއެކު ލިބޭއިރު، 5ޖީ އެއާފައިބަރ 5 އެމްބީޕީއެސް ސްޕީޑްގައި 5999 ރުފިޔާއަށް 4000 ޖީބީއާއެކު ލިބޭނެއެވެ.

5ޖީ އެއަރފައިބަރ އާއި އެކު ލިބިގެންދާ ހައިސްޕީޑްގެ އިތުރުން އިންޓަނެޓާއި ކަނެކްޓްކުރުމުގައި ދިމާވާ ލަސްތައްވެސް އެތައްގުނައަކަށް ކުޑަވެގެންދާނެކަމަށް އުރީދޫއިން ބުނެއެވެ. ދުރު ރަށްރަށާއި ގޭގައި މަސައްކަތް ކުރިޔަށްގެންދާ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ފަސޭހަކަމާއެކު 5ޖީ އެއަރފައިބަރގެ ޚިދުމަތް ދިނުމުގެގޮތުން 12 މަހުގެ ކޮންޓްރެކްޓްއަކާއެކު ޑިވައިސް ޕްލޭންއެއްވެސް އުރީދޫ މޯލްޑިވްސްއިން ފޯރުކޮށްދެއެވެ.

5ޖީ އެއަރފައިބަރ އަލަށް ނަގާ ހުރިހާ ކަސްޓަމަރުންނަށްވެސް ޑިވައިސް ނެގުމަށް އިތުރު ފަސޭހަކަމެއް ގެނެސްދޭ ޚާއްޞަ އޮފަރއަކާއިއެކު 5ޖީގެ ހަލުވި ސްޕީޑްތައް ތަޖުރިބާކޮށްލުމުގެ ފުރުސަތު މިހާރުވަނީ ފަހިވެފައެވެ.