ސިވިލް ކޯޓުގެ ތަޙްޤީޤަށް ބޭނުންވެ ޙާޒިރު ކުރެވިފައިނުވާ ހަތަރު މީހަކު ބަންދުގައި ބައިތިއްބައިގެން ކޯޓަށް ޙާޒިރު ކޮށްދިނުމަށް ފުލުހުންގެ މައްޗަށް ކޮށްފައިވާ އަމުރާއި ގުޅިގެން އެމީހުން ހޯދުމުގެ މަސައްކަތް ފުލުހުން ފަށައިފިއެވެ.

ފުލުހުން ބުނީ މި އަމުރާ ގުޅިގެން ހޯދަމުންދަނީ، ކ. މާލެ، މ. އަޙްމަދީއާބާދު، މުބާޙް މުޙައްމަދު ޒަކީ (39އ) އާއި ކ. މާލެ، މއ. ސިލްވަރބީމް، އިސްމާޢީލް ފާޚިރު (49އ) އާއި ސ. ފޭދޫ، އަނބުމާގެ، ޢާއިޝަތު ނުޒުހަތު (40އ) އަދި ތ. މަޑިފުށި، ފެހިވިނަ، މުޙައްމަދު ފަރުހާދު (39އ) އެވެ.

ފުލުހުން ބުނީ މުބާޙް މުޙައްމަދު ޒަކީ ހޯދަމުންދަނީ ސިވިލް ކޯޓުގައި ދަޢުވާކުރާ ޙުކުމް ތަންފީޛުކުރުމުގެ މައްސަލައަކާ ގުޅިގެން ކޯޓަށް ޙާޒިރުކުރަން ބޭނުންވެ ޙާޒިރު ކުރެވިފައިނުވާތީ، ބަންދުގައި ބަހައްޓައިގެން 2021 ސެޕްޓެމްބަރު 20 ވަނަ ދުވަހުގެ 09:15 އަށް ސިވިލް ކޯޓަށް ޙާޒިރު ކޮށްދިނުމަށް ފުލުހުންގެ މައްޗަށް ޢަމުރު ކޮށްފައިވާ ކަމަށެވެ.

އިސްމާޢީލް ފާޚިރު ހޯދަމުންދަނީ ސިވިލް ކޯޓުގައި ދަޢުވާކުރާ ޙުކުމް ތަންފީޛު ކުރުމުގެ މައްސަލައަކާ ގުޅިގެން އެ ކޯޓަށް ޙާޒިރު ކުރަން ބޭނުންވެ ޙާޒިރު ކުރެވިފައިނުވާތީ، ބަންދުގައި ބަހައްޓައިގެން 2021 ސެޕްޓެމްބަރު 20 ވަނަ ދުވަހުގެ 11:15 އަށް ސިވިލް ކޯޓަށް ޙާޒިރު ކޮށްދިނުމަށް ފުލުހުންގެ މައްޗަށް ކޮށްފައިވާ އަމުރާ ގުޅިގެން ހޯދަމުންދާ މީހެއް ކަމަށެވެ.

ޢާއިޝަތު ނުޒުހަތު ހޯދަމުންދަނީ ސިވިލް ކޯޓުގައި ދަޢުވާކުރާ ޙުކުމް ތަންފީޛުކުރުމުގެ މައްސަލައަކާ ގުޅިގެން އެ ކޯޓަށް ޙާޟިރު ކުރަން ބޭނުންވެ ޙާޒިރު ކުރެވިފައިނުވާތީ، ބަންދުގައި ބަހައްޓައިގެން 2021 ސެޕްޓެމްބަރު 20 ވަނަ ދުވަހުގެ 11:00 އަށް ސިވިލް ކޯޓަށް ޙާޒިރު ކޮށްދިނުމަށް ފުލުހުންގެ މައްޗަށް ކޮށްފައިވާ އަމުރާ ގުޅިގެންނެވެ.

މުޙައްމަދު ފަރުހާދު ހޯދަމުންދަނީ ސިވިލް ކޯޓުގައި ދަޢުވާކުރާ ޙުކުމް ތަންފީޛުކުރުމުގެ މައްސަލައަކާ ގުޅިގެން އެ ކޯޓަށް ޙާޒިރުކުރަން ބޭނުންވެ ޙާޒިރު ކުރެވިފައިނުވާތީ، ބަންދުގައި ބަހައްޓައިގެން 2021 ސެޕްޓެމްބަރު 21 ވަނަ ދުވަހުގެ 14:15 އަށް ސިވިލް ކޯޓަށް ޙާޒިރު ކޮށްދިނުމަށް ފުލުހުންގެ މައްޗަށް ކޮށްފައިވާ އަމުރާ ގުޅިގެންނެވެ.

މިމީހުންނާ ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާ ފަރާތެއްވާނަމަ ޕޮލިސް ކަސްޓޯޑިއަލް ޑިޕާޓްމަންޓާއި އެ މައުލޫމާތު ހިއްސާ ކޮށްދިނުމަށްވެސް ފުލުހުން ވަނީ އެދިފައެވެ.