ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލައެއް ފުލުހުން ބަލަން ފަށައިފިއެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ، އަޕަރ ސައުތު ޕޮލިސް ޑިވިޝަން (ގއ. އަދި ގދ) ގައި ހިމެނޭ ރަށެއްގައި އުމުރުން 14 އަހަރުގެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާކުރިކަމަށް ތުހުމަތުކުރެވޭ މައްސަލައެއް މިހަމުގެ 12 ވަނަ ދުވަހު ހުށަހެޅިފައިވާ ކަމަށެވެ.

މި މައްސަލައާއި ގުޅިގެން މިހާތަނަށް އެއްވެސް މީހެއް ހައްޔަރުޖޮށްފައިނުވާކަމަށް ފުލުހުން ބުނެއެވެ.

ކުޑަކުދިންނަށް ކުރާ އަނިޔާގެ މައްސަލަތަކަކީ ސީރިއަސް މައްސަލަތަކެއްގެ ގޮތުގައި ބަލަމުންދާ މައަސަލަތަކެއް ކަމަށާއި، އެހެންކަމުން ކުއްޖާގެ އައިޑެންޓިޓީ ރައްކާތެރިކުރުމަށްޓަކައި އެ އިދާރާއިން ކުއްޖާގެ އަތޮޅާއި ރަށް ހާމަނުކުރާ ކަމަށް ފުލުހުން ބުނެއެވެ.

މި މައްސަލަ ފުލުހުންނާއި ޖެންޑަރ މިނިސްޓްރީ ގުޅިގެން ދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.