ސިވިލް ސާވިސް މުވައްޒަފުންނަށް މުވައްޒަފުންނަށް މަގާމުގެ ކުރިއެރުން ނުލިބުމާ މުސާރައިގެ މައްސަލާގައި އިހުތިޖާޖް ކުރުމުގެ ގޮތުގައި އާދީއްތަ ދުވަހު ކަޅުހެދުމުގައި ވަޒީފާއަށް ނިކުތުމަށް ނިންމައިފިއެވެ.

ސިވިލް ސާވަންޓްސް އެސޯސިއޭޝަނުން ބުނީ އާދިއްތަ ދުވަހު ސިވިލް ސާވިސް މުވައްޒަފުން އިހުތިޖާޖުކުރަން ނިންމާފައިވާ ކަމަށާއި، މުޅި ރާއްޖޭގައި މި އިހުތިޖާޖު ކުރިއަށްދާނެ ކަމަށެވެ.

އެގޮތުން މުވައްޒަފުން އާދިއްތަ ދުވަހު ޑިއުޓީއަށް ނުކުންނާނީ ކަޅު ހެދުމުގައި ކަމަށް އެސޯޝިއޭޝަނުން ބުނެއެވެ.

އެގޮތުން ފާހަގަކުރާ ކަންކަމުގެ ތެރޭގައި ސެޓްފިކެޓަަށް ވަޒީފާގެ ކުރިއެރުން ދިނުމާއި، ލިވިން އެލަވެންސް ދިނުމާއި، އެންމެ ކުޑަ އުޖޫރަ ހަމަޖެއްސުމުގެ ކަންކަން އަވަސްކުރުމުގެ އިތުރުން މުވައްޒަފުންގެ މުސާރައަށް ހެޔޮ ބަދަލެއް ގެނައުން ހިމެނެއެވެ.

މި އިހުތިޖާޖު ރާވާ ހިންގުމުގައި އެންމެ އިސްކޮށް ހަރަކާތްތެރިވާ ސިވިލް ސާވަންޓްސް އެސޯސިއޭޝަން ބުނީ މުވައްޒަފުންގެ ގިނަ ކަންބޮޑުވުންތަކެއް އެބަހުރި ކަމަށާއި ކަންބޮޑުވުންތަކެއް ހައްލު ނުލިބި ގިނަ ދުވަސްތަކެއް ވެފައިވާ ކަމަށެވެ.

އާދީއްތަ ދުވަހު ކަޅުހެދުމުގައި ވަޒީފާއަށްނިކުމެ އިހުތިޖާޖު ކުރުމަށްފަހު އެކަމަށް ސަރުކާރުން ޖަވާބެއް ނުލިބިއްޖެނަމަ ހޯމަ ދުވަހު މަސައްކަތްތައް ހުއްޓާލާނެކަމަށް ބުނެފައިވެއެވެ.