އައިފޯން 13، މިދިޔަ އަންގާރަ ދުވަހު ލޯންޗު ކުރިއިރު ތީމްގަ ބޮލީވުޑްގެ މަޝްހޫރު ރާގެއް ވަނީ ހިމަނާފައެވެ.

މި އިވެންޓުގައި ތީމް ރާގުގެ ގޮތުގައާއި އިޝްތިހާރުގައި ބޭނުންކޮށްފައިވާ ރާގަކީ ހިންދީ ފިލްމް "ހަރޭ ރާމާ ހަރޭ ކްރިޝްނާ" ގެ ލަވައެކެވެ.

ހިންދީ ސިނަމާގައި "ސެކްސީ ސިމްބަލް" "ދަމް މާރޯ ދަމް ގާރލް" ފަދަ ނަންތަކުން މުޚާތަބް ކުރެވޭ 1970 ގެ އަހަރުތަކުގައި އިންޑިޔާގެ ސިނަމާތަކުގައި ފިޔަޖެހި ހުނަވަރު ވެރި ފަންނާނު ޒީނަތު އަމަން އަދި ދޭވް އާނަންދުގެ ހިތްގައިމު ފަރި ހަރަކާތްތައް ފެންނަ މަޝްހޫރުވި ''ދަމް މާރޯ ދަމް'' ލަވައެވެ.

އައިފޯން 13 ލޯންޗުކުރި ވީޑިއޯގައި އޭގެ ފީޗާސްތައް ދައްކައިދޭއިރު، އިވެމުން ގޮސްފައިވަނީ ''ދަމް މާރޯ ދަމް'' ލަވައިގެ ރާގެވެ.

https://www.youtube.com/watch?v=m43rh-pI0P0&t=96s

އަދި އައިފޯން 13 ލޯންޗުކުރުމަށް އެޕަލްގެ ހެޑްކުއާޓަރުގައި ބޭއްވި އިވެންޓުގައި ސީއީއޯ ޓިމް ކުކް ވާހަކަ ދައްކަމުން ނިކުންނަ އިރުވެސް މި ރާގު އިއްވާފައި ހުރެއެވެ.

ފުޓްސީގެ ''ވަރކް އޯލް ޑޭ'' ލަވައާ ވެސް ގުޅުވައިގެން ހިމަނާފައިވާ މި ރާގު ގިނަ ބަޔަކަށް ވަނީ ކަމުގޮސްފައެވެ.

1971 ވަނަ އަހަރުގެ މިލަވައަކީ އޭރުވެސް ބެލުންތެރިން އެހުންތެރިންގެ މެދުގައި ވަރަށް މަޤްބޫލު ލަވައެެކެވެ.

މި ދެތަރިން ހަރަކާތްތެރިވެފައިވާ ފިލްމު ''ހަރެ ރާމާ ހަރެ ކްރިޝްނާ'' ގެ "ދަމް މާރޯ ދަމް" ލަވައަކީ އާރުޑީ ބަރުމަން މިއުޒިކް ހަދާފައިވާ ވަރަށް މަޤްބޫލު ލަވައެކެވެ.

މިހާރުވެސް މިލަވައަކީ އެކިއެކި ރީމިކްސްތައް ލަވަކިޔުންތެރިންގެ އަޑުން އިވެމުންދާ ފަނޑުނުވާ ލަވައެކެވެ.