ބެލްޖިއަމްގެ ޔުނިވާސިޓީއެއްގައި ކުޅިވަރުގެ މާސްޓާސް ޕްރޮގްރާމެއް ފުރިހަމަކުރުމުގެ ފުރުސަތު ލިބި ރާއްޖޭގެ ކުޅަދާނަ ފެތުންތެރިޔާ އާމިނަތު ޝަޖަން އެގައުމަށް ފުރައިފިއެވެ.
ޔޫރަޕިއަން ޔޫނިއަންގެ ސްޓުޑަންޓް އެކްސްޗޭންޖް ޕްރޮގްރާމް (އިރަސްމުސް) އަދި ބެލްޖިއަމްގެ ކޭ.ޔޫ ލޫވެން ޔުނިވަރސިޓީއާއި ގުޅިގެން ކުރިއަށްގެންދާ އިރަސްމުސް މުންޑުސް ޖޮއިންޓް މާސްޓަރ އޮފް އާރޓްސް އިން ސްޕޯރޓްސް އެތިކްސް އެންޑް އިންޓަރގްރިޓީ މާސްޓަރސް ޑިގްރީ ޕްރޮގްރާމްގައި ބައިވެރިވުމަށް ޝަޖަން ބެލްޖިއަމް އަށް ފުރިއިރު މިއީ ދިވެއްސަކަށް މިފުރުސަތު ލިބުނު ފުރަތަމަ ފަހަރެވެ.
މިއީ އޮލިމްޕިކް ސްލޮޑަރިޓީގެ ދަށުން ދެއަހަރުގެ މުއްދަތަކަށް ކުރިއަށްދާ ފުލީ ފަންޑެޑް ސްކޮލަރޝިޕް އެކެވެ. މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ މެދުވެރިކޮށް ޝަޖަންއަށް ލިބުނު މި ސްކޮލަރޝިޕް އަކީ، އިންޓަނޭޝަނަލް އޮލިމްޕިކް ކޮމިޓީއިން އޮލިމްޕިއަނުންނަށް ހާއްސަކޮށް ދޭ ސްކޮލަރޝިޕް ފުރުޞަތެކެވެ.
ގައުމީ އަދި ކުރީގެ އޮލިމްޕިއަން ޝަޖަން އަށް މި ރަނުގެ ފުރުސަތު ލިބުނުއިރު ޝަޖަން ވަނީ ލަންޑަން 2012 އޮލިމްޕިކް ގޭމްސް އަދި ރިއޯ 2016 އޮލިމްޕިކް ގޭމްސްގައި ދިވެހިރާއްޖެ ތަމްޞީލުކޮށްފައެވެ. އަދި، ސިންގަޕޯރ 2010 ޔޫތު އޮލިމްޕިކް ގޭމްސްގައިވެސް ޝަޖަން ވަނީ ދިވެހިރާއްޖެ ތަމްޞީލުކޮށްފައެވެ.
2019 ވަނަ އަހަރުގެ ސައުތު އޭޝިއަން ގޭމްސްގައި ދިވެހިރާއްޖެއަށް ޝަޖަން ހޯދައިދިން ލޯ މެޑަލްއަކީ ދިވެހި ތާރީޚުގައި، ފެތުމުގެ ދާއިރާއިން ދިވެހިރާއްޖެއަށް ލިބުނު ފުރަތަމަ އިންޑިވިޖުއަލް މެޑަލްއެވެ. މީގެ އިތުރުން ޝަޖަން ވަނީ، 2016 ވަނަ އަހަރު ބޭއްވުނު ސައުތު އޭޝިއަން އެކުއަޓިކް ޗެމްޕިއަންޝިޕްސްގައި އިތުރު 2 ލޯ މެޑަލް ދިވެހިރާއްޖެއަށް ހޯދައިދީފައެވެ.
އަދި މިހާރުވެސް ޝަޖަން އަކީ މެލޭޝިއާގެ ޔުނިވާސިޓީ އަކުން ބެޗްލަރ އިން ސްޕޯޓްސް މެނޭޖްމަންްޓް ވެސް ފުރިހަމަކޮށްފައެވެ.