މިނިސްޓްރީ އޮފް ޔޫތް، ސްޕޯޓްސް ކޮމިއުނިޓީ އެންޕަވާރމަންޓް އާއި މޯލްޑިވްސް ޕޯޓްސް ލިމިޓެޑް ގުޅިގެން 2021 ވަނަ އަހަރު ކުރިއަށްގެންދިޔުމަށް ހަމަޖެހިފައިވާ އެޕެރެންޓިޝިޕް ޕްރޮގްރާމްގެ ދެވަނަ ބެޗްގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ.

މި ޕްރޮގްރާމަކީ ޔޫތް މިނިސްޓިރީ އާއީ އެމްޕީއެލް ގުޅިގެން ކުރިޔަށް ގެންދަން ހަމަޖެހިފައިވާ ޕްރްގާރަމެކެވެ. މި ޕްރޮގްރާމަށް ޖުމްލަ 14 މަގާމަކަށް މީހުން ހޯދުމަށް އެމްޕީއެލްއިން ވަނީ އިއުލާން ކޮށްފައެވެ.

އެގޭ ތެރޭގައި ފޮޓޯގްރަފީ އެޕްރެންޓިސް، ކޮޕީ ރައިޓާރ، ޓަގް ޑްރައިވާރ، ހެވީ ވެހިކަލް އޮޕަރޭޓަރ، ވެލްޑަރ، ކަރޕެންޓަރ، އެލުމިނިއަމް ޓެކްނީޝަން، މޭސަން، ހެލްތް، ސޭފްޓީ އެންޑް އެންވަޔަރަމަންޓް އެޕްރެންޓިސް، މެޝިނިސްޓް، ޓިންކަރިންގ މެކޭނިކް، އެއަރ ކޮންޑިޝަނިންގ ސަރވިސް އެންޑް ރީފަރ މެކޭނިކް، މެރިން އިންޖިނިއަރިންގ - އެޕެރެންޓިސް އުތުރުން އެޑްމިނިސްޓްރޭޓިވް އެޕެރެންޓިސް ވަނީ އިއުލާން ކޮށްފައެވެ.

އެމްޕީއެލް އިން ބުނީ މި ޕްރޮގަރާމަށް ހޮވޭ ފަރާތްތަކަށް ކޮންމެ މަހަކު -/5000 ރުފިޔާގެ އެލަވަންސެއް ހަމަޖައްސައިދެވޭނެކަމަށެވެ.

މި ޕްރޮގްރާމްގައި ބައިވެރިވާން ބޭނުން ފަރާތްތަކުން 30 ސެޕްޓެމްބަރ 2021 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ކުރިން ފޯމް ހުށަހެޅުމަށް ދަންނަވުމަށް އެމްޕީއެލްއިން ވަނީ އެދިފައެވެ.