ކޮވިޑް-19 ބަލީގައި ރާއްޖޭން މީހަކު މަރުވެއްޖެއެވެ.

ހެލްތް ޕްރޮޓެކްޝަން އެޖެންސީން ބުނީ، ހުޅުމާލޭ މެޑިކަލް ފެސިލިޓީން ފަރުވާ ހޯދަމުންދިޔަ އުމުރުން 46 އަހަރުގެ ދިވެހި އަންހެނެއް ރޭ ދަންވަރު 03:02 ގައި މަރުވެފައިވާކަމަށެވެ.

މިއީ މިބަލީގައި ރާއްޖޭން މަރުވި 230 ވަނަ މީހާއެވެ.

ކޮވިޑްބަލީގައި ރާއްޖެއިން އިތުރު މީހަކު މަރުވި ކަމަށް ރިޕޯޓްކުރިއިރު، އެންމެފަހުން މިބަލީގައި މީހަކު މަރުވެފައިވަނީ މިމަހުގެ 17 ވަނަ ދުވަހުގައެވެ.

އެދުވަހު މަރުވެފައިވަނީ ހުޅުމާލޭ މެޑިކަލް ފެސިލިޓީން ފަރުވާ ހޯދަމުންދިޔަ އުމުރުން 87 އަހަރުގެ ދިވެހި ފިރިހެނެކެވެ.

ކޮވިޑް ބަލީގައި މީހަކު މަރުވެފައިވާރު ރާއްޖޭގެ އެކްޓިވް ކޭސްތަކުގެ އަދަދު މިހާރު ވަނީ 1653 އަށް އަރާފައެވެ. މީގެތެރެއިން 18 މީހަކަށް ހޮސްޕިޓަލްތަކުގައި ފަރުވާދެމުންދާކަމަށް އެޗްޕީއޭއިން މައުލޫމާތުދެއެެވެ.