ކަރަން ޖޯހަރުގެ ދަރްމާ ޕްރޮޑަކްޝަންސް ބެނާރގެ ދަށުން ޝަޝާންކް ކޭތަން ޑައިރެކްޓް ކުރާ ފިލްމް މިސްޓަރ ލޭލޭގައި ރަންބީރު ކަޕޫރުގެ އައިޓަމް ސޯންގެއް ހިމަނަން ނިންމައިފި ކަމަށް ބޮލީވުޑްގެ ޚަބަރުތައް ގެނެސްދޭ ހަންގާމާއިން ބުނެފިއެވެ.

ހަންގާމާ އިން ބުނެފައިވަނީ ރަންބީރާ އެކު ލަވައިގެ ޝޫޓިން ފެށީ ބުދަ ދުވަހު ކަމަށެވެ.

ވަރަށް ފޯރިގަދަ ނެށުންތަކެއް ފެންނަ ލަވައިގެ ކޮރިއޯ ހަދާފައިވަނީ މަޝްހޫރު ކޮރިއޮގްރާފަރ ގަނޭޝް އަޗާރިއާ ކަމަށްވެސް ޚަބަރުތައް ބުނެއެވެ.

މަޝްހޫރު ފެޝަން ޑިޒައިނަރ މަނީޝް މަލޯތްރާ ވަނީ މިލަވައަށް ރަންބީރު ސްޓައިލްކޮށްދީފައެވެ.

2020 ވަނަ އަހަރު އިއުލާންކުރި "މިސްޓަ ލޭލޭ" ގައި ވިކީ ކޯޝަލް އާއި އެކު ދެން ފެނިގެންދާނީ ކިއާރާ އަދުވާނީ އާއި ބޫމީ ޕިޑްނޭކަރެވެ.

ފިލްމުގެ ކާސްޓުން ބަދަލު ކުރި ފަހުން ފިލްމާ ގުޅޭ އެއްވެސް ވާހަކައެއް ދަރުމާ އިން ރަސްމީކޮށް ހާމަކޮށްފައެއް ނުވެއެވެ. އަދި މި ފިލްމްގެ ޕޯސްޓަރެއްވެސް ބެލުންތެރިންނާ ހިސާބަށް އައިސްފައެއްވެސް ނުވެއެެވެ.

މިސްޓަރ ލޭލޭގައި ރަންބީރްގެ އައިޓަމް ލަވައެއް ހިމަނަން ނިންމި އިރު، ކުރިން ވެސް އޭނާ އައިޓަމް ލަވައެއްގައި ފެނިގެން ގޮސްފައެެވެ.

އެއީ ސަލްމާން ޚާން ޕްރޮޑިއުސްކޮށް 2011 ގައި ގެނެސްދިން ފެމިލީ ކޮމެޑީ "ޗިލާރު ޕާޓީ" ގައެވެ.

އެ ފިލްމަށް ރަންބީރް ކުޅުނު އައިޓަމް ލަވަ އަކީ "ޓައި ޓައި ޕިސް" އެވެ.

ރިލީޒްކުރާނެ އިރެއް ތާރީޚެއް އަދި ހަމަޖެހިފައި ނުވާ "މިސްޓަ ލޭލޭ" އަކީ ދަރުމާގެ ފިލްމުތައް ކަމަށްވާ "ދަޅަކް" އާއި "ބަދުރީނާތު ކީ ދުލްހަނިޔާ" ގެ އިތުރުން "ހަމްޓީ ޝަރުމާ ކީ ދުލްހަނިޔާ" ގެނެސްދިން ޝިޝާންކްގެ ހަތަރު ވަނަ ފިލްމެވެ.