އުމުރުން 65 އަހަރުން މަތީގެ މީހުންނަށް އެކަނި ކޮވިޑް ވެކްސިންގެ ބޫސްޓަރ ޑޯޒެއް ޖަހަން، އެމެރިކާގެ ސެންޓަރސް ފޮރ ޑިޒީޒް ކޮންޓްރޯލް އެންޑް ޕްރިވެންޝަންގެ އެޑްވައިޒަރީ ޕެނަލުން ތާއީދުކޮށް އެކަމަށް މަޝްވަރާ ދީފިއެވެ.

އެގޮތުން، ސީޑީސީގެ އެޑްވައިޒަރީ ޕެނަލުން ރެކޮމެންޑް ކޮށްފައިވަނީ، ފައިޒަރ/ބަޔޯއެންޓެކްގެ ބޫސްޓަރ ޑޯޒް، އެމެރިކާ ރައްޔިތުންގެ ތެރެއިން އުމުރުން 65 އަހަރުން މަތީގެ މީހުންނަށް ދިނުމަށެވެ.

މީގެއިތުރުން، ސިއްހީ ޚާއްސަ ހާލަތުގައި ތިބި މީހުންގެ ތެރެއިން، ބޮޑު ބަލިމަޑުކަމެއްގެ ރިސްކުބޮޑު މީހުންނަށްވެސް ބޫސްޓަރ ޑޯޒެއް ޖެހުމަށް އެޑްވައިޒަރުންވަނީ ވަނީ ލަފާދީފައެވެ.

އުމުރުން 65 އަހަރުން މަތީގެ މީހުންނަށް ކޮވިޑް ވެކްސިންގެ ބޫސްޓަރ ޑޯޒެއް ޖެހުމަށް ސެންޓަރސް ފޮރ ޑިޒީޒް ކޮންޓްރޯލް އެންޑް ޕްރިވެންޝަންގެ އެޑްވައިޒަރީ ޕެނަލުން ލަފާދިން ނަމަވެސް، އެއަށްވުރެ ޒުވާނުން އުމުރުގެ މީހުންނަށް ނުވަތަ ހައިރިސްކް ސިއްހީ މަސައްކަތްތެރިންނަށް ބޫސްޓަރ ޑޯޒް ޖަހަން ރެކޮމެންޑް ކޮށްފައެއް ނުވެއެވެ.

ސިއްހީ ޚިދުމަތްތެރިންގެ އިތުރުން، ޓީޗަރުންނާއި، ޖަލުތަކާއި، ހޯމްލެސް މީހުން މީހުން ގެންގުޅޭ ތަންތަނުގައި އުޅޭ މީހުންނަށް ބޫސްޓަރ ޑޯޒް ޖެހުމަށްވެސް އެޑްވައިޒަރުން ރެކޮމެންޑެއް ނުކުރިއެވެ.

އެމެރިކާގެ އެންމެމަތީ ފަންތީގެ ސައިންސްވެރިން ހިމެނޭ އެޑްވައިޒަރީ ކޮމިޓީ އޮން އިމިއުނައިޒޭޝަން ޕްރެކްޓިސަސްއިން އެކަށައެޅި ގައިޑްލައިން މިހާރުވަނީ، ސެންޓަރސް ފޮރ ޑިޒީޒް ކޮންޓްރޯލް އެންޑް ޕްރިވެންޝަންގެ ޑިރެކްޓަރަށް ހުށަހަޅާފައެވެ.

ސީޑީސީގެ އެޑްވައިޒަރުން މިގޮތަށް ރެކޮމެންޑް ކުރި ނަމަވެސް، އެ ނިންމުންތަކަށް އަމަލުކުރަން ކަމާބެހޭ އިދާރާތަކަށް މަޖުބޫރެއް ނޫންކަމަށްވެވެ.

އެނިންމުންތަކާ ޚިލާފަށްވެސް ސްޓޭޓްތަކަށް ބޫސްޓަރ ޑޯޒް ޖެހުމާއިގެން ކުރިއަށް ދެވިދާނެއެވެ.

އެމެރިކާގެ ފޫޑް އެންޑް ޑްރަގްސް އެޑްމިނިސްޓްރޭޝަނުން މިހާރުވަނީ، އެތައް މިލިއަން ބަޔަކަށް ކޮވިޑް ވެކްސިންގެ ބޫސްޓަރ ޑޯޒް ޖެހުމަށް ތައްޔާރުވެފައެވެ. ބޫސްޓަރ ޑޯޒް ޖަހަނީ ފައިޒަރގެ ވެކްސިންގެ ދެޑޯޒް ފުރިހަމަކުރިތާ ހަމަސް ވެފައިވާ މީހުންނަށެވެ.

އެމެރިކާގެ ރައީސް ޖޯ ބައިޑެންއާއި، އެމެރިކާގެ ސިއްހަތާބެހޭ އެންމެ އިސް 8 އޮފިޝަލުން މިދިޔަމަހު ވިދާޅުވެފައިވަނީ، އެމެރިކާގެ ރައްޔިތުންނަށް ބޫސްޓަރ ޑޯޒެއް ޖަހަން ނިންމީ، ކޮވިޑް ވެކްސިން ޖެހި ނަމަވެސް، ދުވަސް ވާވަރަކަށް ބަލިން ދިފާއުކޮށްދޭ މިންވަރު ދަށްވަމުންދާކަމަށް ޑޭޓާތަކުން ދައްކާތީ ކަމަށެވެ.