އަންނަ މަހުން ފެށިގެން، އައިފޯން 13 ސީރީސްގެ ފޯނުތަކަށް ޕްރީއޯޑަރު ކުރެވޭ ގޮތަށް އުރީދޫން ހަމަޖައްސައިފިއެވެ.

އުރީދޫން ބުނީ މޫލީ މެދުވެރިކޮށް އަންނަ މަހުގެ އަށްވަނަ ދުވަހުން ފެށިގެން ޕްރީއޯޑާ ކުރެވޭނެ ކަމަށެވެ.

މިއަހަރުވެސް އެޕަލްއިން ވަނީ އައިފޯން ސީރީސްގެ ހަތަރު މޮޑެލް އެއް ދައްކާލާފައެވެ.

އެއީ އައިފޯން 13 މިނީ، އައިފޯން 13، އައިފޯން 13 ޕްރޯ، އައިފޯން 13 ޕްރޯ މެކްސްއެވެ.

އެހެން އައިފޯންތަކާއި ހިލާފަށް އައިފޯން 13 ގެ އިންޓާނަލް ސްޓޯރޭޖް ފަށަނީ 128 ޖީބީ އިންނެވެ.

އަދި ޕްރޯ މޮޑެލްތަކުގައި 1 ޓީބީގެ ސްޓޯރޭޖް ހިމެނޭނެއެވެ.

އައިފޯން 13 ގެ މޮޑެލްތަކުގެ ފެށޭ އަގު: އައިފޯން 13 މިނީ: 699 އެމެރިކާ ޑޮލަރު އައިފޯން 13: 799 އެމެރިކާ ޑޮލަރު އައިފޯން 13 ޕްރޯ: 999 އެމެރިކާ ޑޮލަރު، އައިފޯން 13 ޕްރޯ މެކްސް: 1099 އެމެރިކާ ޑޮލަރެވެ.

އެޕަލްއިން އައިފޯން 13 ޕްރީއޯޑަރަށް މިހާރުވަނީ ހުޅުވާލާފައެވެ.