ފެމިލަރައިޒޭޝަން ދަތުރެއްގައި އިންޑިއާގެ މަޝްހޫރު ދެ އިންފްލުއެންސަރުން ރާއްޖޭގައި ޗުއްޓީ ހޭދަކޮށް ރާއްޖެ ޕްރޮމޯޓްކޮށްފިއެވެ.

މިދަތުރުގައި ރާއްޖެ ޒިޔާރަތްކުރީ ބޮލީވުޑްގެ މަޝްހޫރު އެއްބަޑު އެއްބަފާ ދެ ތަރިން ކަމަށްވާ ސިދާތް ނިގަމް އަދި އަބިޝޭކް ނިގަމްއެވެ.

މިދެތަރިން ރާއްޖެއަށް ޒިޔާރަތްކޮށްފައި ވަނީ ސެޕްޓެމްބަރު 19އިން 22 އަށެވެ. މި ދަތުރުގައި ސިދާތް ނިގަމް އަދި އަބީޝޭކް ނިގަމް ރާއްޖޭގައި ޗުއްޓީ ހޭދަކޮށްފައި ވަނީ ފުށިފަރު މޯލްޑިވްސް ރިޒޯޓުގައެވެ.

މިދަތުރުގައި މިދެ އިންފްލުއެންސަރުން ވަނީ ރާއްޖެއިން ފަތުވެރިންނަށް ލިބޭ އެކި ހިދުމަތްތައް ތަޖުރިބާ ކޮށްފައެވެ. އެގޮތުން ސްނޯކްލްކުރުމާއި، ސްޕާ، ވޯޓާސްޕޯޓްސް, އަދި ރާއްޖެއަށް ހާއްސަ ކަންކަން މި ދެތަރިން ވަނީ ތަޖުރިބާކޮށްފައެވެ. އަދި ފުށިފަރު ރިސޯޓުން ލިބެން ހުންނަ އެކި ގައުމުތަކުގެ ކެއުންތައްވެސް މިތަރިން ވަނީ ތަޖުރިބާކޮށްފައެވެ. މިދަތުރުގައި އެދެތަރިން ކުރި އެންމެ ހާއްސަ ތަޖުރިބާއަކީ އުފަންދުވަސް ފާހަގަކުރުމަށްޓަކައި ބިލޭޑަޓް ސެލެބްރޭޝަނެއް ސޭންޑް ބޭންކެއްގައި ލައިވް މިއުޒިކާއެކު ބޭއްވުމެވެ.

ރާއްޖެއަށް ކުރި ފެމް ދަތުރުގައި މި ދެ އިންފްލުއެންސަރުން އެމީހުންގެ ސޯޝަލް މީޑިއާގައި ގިނަ ޕޯސްޓްތަކެއް ވަނީކޮށްފައެވެ. އަދި މިޕޯސްޓްތަށް މިދެ އިންފްލުއެންސަރުންގެ 10 މިލިއަނަށްވުރެ ގިނަ ފޮލޮވާޒުންނާ ހަމައަށް ވަނީ ފޯރައިފައެވެ.

މި ދަތުރުގެ މައިގަނޑު މަގުސަދަކީ އިންޑިއާގެ މާކެޓުގައި ރާއްޖޭގެ މަގުބޫލުކަން އިތުރުކޮށް، މިމާކެޓުން ރާއްޖެ އަންނަ ފަތުރުވެރިންގެ އަދަދު އިތުރުކުރުމެވެ. އަދި ރާއްޖޭ އަކީ ގުދުރަތީ ގޮތުން ވަކިވަކި ރަށްތަކެއްގެ މައްޗަށް އެކުލެވިފައި އޮންނަ ގައުމެއްކަމުން، މިއީ އިންޑިއާގެ ފަތުރުވެރިން ދަތުރުކުރުމަށް އެންމެ ރައްކާތެރި މަންޒިލްގެ ގޮތުގައި ޕްރޮމޯޓުކުރުމެވެ. ރާއްޖޭގެ ރިޒޯޓު، ހޮޓެލް، ގެސްޓްހައުސް އަދި ލިވަބޯޑްގެ ހިދުމަތްތަކާއި، ރާއްޖޭއިން ފަތުރުވެރިންނަށް ލިބޭ ތަފާތު ތަޖުރިބާތައް މިފޭމް ޓްރިޕްގެ ޒަރިއްޔާއިން އިންޑިއާގެ މާކެޓަށް ވަނީ އިޝްތިހާރުވެގެން ގޮސްފައެވެ.

މިއީ މިއަހަރު ވިޒިޓް މޯލްޑިވްސްއިން އިންޑިއާ މާކެޓަށް އަމާޒުކޮށް ކުރިއަށް ގެންދިޔަ ސިލްސިލާ ފޭމް ޓްރިޕްތަކުގެ ތެރެއިން އެއް ޓްރިޕެވެ. މިމާކެޓަށް އަމާޒުކޮށް މިއަހަރު ވަނީ ގްރޫޕް މީޑިއާ ފޭމް ޓްރިޕް، ސެލެބްރިޓީ ފޭމް ޓްރިޕް އަދި ޓްރެވަލް އެޖެންޓްސް ފޭމް ޓްރިޕް ކުރިއަށް ގެންގޮސްފައެވެ. މިއަހަރުގެ ކުރިޔަށް އޮތްތުގައިވެސް މިފަދަ އިތުރު ޓެރިފްތަކެއް ކުރިއަށްގެން ދިއުމަށް ވަނީ ރޭވިފައެވެ.