މަކަރާއި ހީލަތުން މީހެއްގެ އަތުން ފައިސާ ހޯދާފައިވާކަމަށް ތުހުމަތުކުރެވޭ މައްސަލައެއްގައި އަންހެނެއް ހޯދަން އިއުލާންކޮށްފިއެވެ.

ފުލުހުން ބުނީ، އޭނަ ހޯދަން އިއުލާންކޮށްފައިވަނީ ފުލުހުންގެ ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓުން ތަހުގީގު ކުރަމުންދާ، މަކަރާއި ހީލަތުން މީހެއްގެ އަތުން ފައިސާ ހޯދާފައިވާކަމަށް ތުހުމަތުކުރެވޭ މައްސަލައެއްގެ ތަހުގީގަށް މީހަކު ހާޒިރުކުރުމަށް ބޭނުންވެ، އުޅޭ ވަކިތަނެއް ނޭނގުމުގެ ސަބަބުން ތަހުގީގަށް ހާޒިރުވުމަށް ޗިޓް ރައްދުކުރެވިފައިނުވާތީއާއި އާއިލާއަށްވެސް އުޅޭ ވަކިތަނެއް އެނގިފައިނުވާތީ، ޖިނާއީ މައްސަލަތައް ތަޙުޤީޤުކުރުމުގައި ފުލުހުން ޢަމަލުކުރާނެ އިޖުރާއަތުގެ ޤަވާއިދުގެ 27 ވަނަ މާއްދާގައި ވާގޮތުގެ މަތިންކަމަށެވެ.

ހޯދަން އިއުލާންކޮށްފައިވަނީ ސ. މަރަދޫ، ޒީނިޔާމަންޒިލް، އުމުރުން 22 އަހަރުގެ ހައްވާ ސައުޒާއެވެ.

ޝަހީދު ހުސައިން އާދަމް ބިލްޑީންގއަށް 2021 އޮކްޓޯބަރ 5 ވަނަ ދުވަހުގެ 14:00 އަށް ސައުޒާ ހާޒިރުވުމަށް ފުލުހުން ވަނީ އަންގާފައެވެ.