ތިމަރަފުށިން ހައްޔަރުކުރި އައިއެސް އާއި ގުޅުން އޮތް މީހުން ކަމަށް ތުހުމަތު ކުރެވޭ މީހުން ޝަރީއަތް ނިމެންދެން ބަންދު ކުރުމަށް ނިންމާފައިވާ ނިންމުން އަނެއްކާވެސް ކޯޓުން ދަމަހައްޓައިފިއެވެ.
އިސްލާމިކް ސްޓޭޓް (އައިއެސް) އާ ގުޅިގެން ރާއްޖޭގައި ޓެރަރިޒަމްގެ ހަމަލާއެއް ދޭން އުޅުމުކަމުގެ ތުހުމަތުގައި 8 މީހަކު ހައްޔަރުކުރީ، މިއަހަރުގެ ޖެނުއަރީ މަހުގެ 26 ވަނަ ދުވަހުގައެވެ.
އެ ހުރިހާ މީހުންގެ ވަނަވަރު ފުލުހުން އާންމުކޮށްފަވާއިރު ފެބްރުއަރީ މަހުގެ 18ވަނަ ދުވަހު އެ ހުރިހާ އެންމެން ޝަރީއަތް ނިމެންދެން ބަންދު ކުރުމަށް ކްރިމިނިލް ކޯޓުން ވަނީ އަމުރުކޮށްފައެވެ.
މި މައްސަލާގައި ދައުވާލިބޭ 8 މީހުންގެ ފަރާތުން މުޖުތަމަޢުގެ ސަލާމަތަށް ނުރައްކަލެއް ކުރިމަތިވެދާނެކަމަށްޓަކައި ޝަރީއަތް ނިމެންދެން ބަންދުކޮށްދިނުމަށް ބޭއްވި މައްސަލައިގެ ބަންދު މުރާޖަޢާ އަޑުއެހުމުގައި އެދުމުން، މި 8 މީހުން ޝަރީޢަތް ނިމެންދެން ބަނދު ކުރުމަށް މައްސަލަ ބައްލަވާ ގާޒީ ވަނީ ނިންމަވާފައިވާ ކަމަށް ޕީޖީ އޮފީހުން މީގެ ކުރިން ވަނީ މައުލޫމާތުދީފައެވެ.
މިއަދު އަނެއްކާވެސް މިވަނީ އެމީހުންގެ ޝަރީއަތް ނިމެންދެން ބަންދު ކުރުމަށް ނިންމި ނިންމުމުގެ މުއްދަތު ދަމަހައްޓަން ނިންމާފައެވެ.
މިމައްސަލާގައި ހައްޔަރުކޮށްފައިވަނީ، ތ. ތިމަރަފުށި، ފެހިވިދުވަރުގެ، އަބްދުﷲ ޝަރީފްއާއި، ތ. ތިމަރަފުށި، ކެނެރީގެ، ޢަލީ މުނީޒުއާއި ތ. ތިމަރަފުށި، އަސުރުމާގެ، މުޙައްމަދު އާޞިރުއާއި، ތ. ތިމަރަފުށި، އަސްރަފީވިލާ، އަޙްސަން މުޙައްމަދުއާއި، ރ. މަޑުއްވަރި، ބީޗްހައުސް ޢަބްދުﷲ ޢިމާދުއާއި، ތ. ތިމަރަފުށި، ސައިމާ، ޝަމާޚު ޝަރީފްއާއި، ނ. ކުޑަފަރި، ރޯޒްމީޑު، އިބްރާހިމް ލޫޠުއާއި، ރ. ކަނދޮޅުދޫ، ފެހިވިލާ، ޢަލީ އަރުހަމް މުޙައްމަދުއެވެ.
މިމައްސަލަފައި ހައްޔަރުކޮށްފައިވާ އަބްދުﷲ ޝަރީފްގެ މައްޗަށް ތިން ދައުވާއެއް އުފުލަފާއިވާއިރު، އެއީ ޓެރަރިޒަމްގެ އަމަލެއް ކުރުމަށް ރޭވުމުގެ ކުށުގެ ދަޢުވާއާއި، ޓެރަރިސްޓް ޖަމާޢަތަކަށް ތާއީދުކުރާ މީހެއްކަމަށް ދޭހަވާފަދަ ލިޔުމެއް ގެންގުޅުމުގެ ކުށުގެ ދަޢުވާއާއި، ޓެރަރިސްޓް ޖަމާޢަތެއްގެ މެންބަރަކަށްވުމުގެ ކުށުގެ ދަޢުވާއެވެ.
އަޙްސަން މުޙައްމަދުގެ މައްޗަށްވަނީ ދެދައުވާއެއް އުފުލާފައެވެ. އެއީ، ޓެރަރިޒަމްގެ އަމަލެއް ކުރުމަށް ރޭވުމުގެ ކުށުގެ ދަޢުވާއާއި، ޓެރަރިސްޓް ޖަމާޢަތަކަށް ތާއީދުކުރާ މީހެއްކަމަށް ދޭހަވާފަދަ ލިޔުމެއް ގެންގުޅުމުގެ ކުށުގެ ދަޢުވާއެވެ.
ޢަލީ އަރުހަމް މުޙައްމަދުގެ މައްޗަށް ތިން ދައުވާއެއް އުފުލާފައިވާއިރު، އެއީ ޓެރަރިޒަމްގެ އަމަލެއް ކުރުމަށް ރޭވުމުގެ ކުށުގެ ދަޢުވާއާއި، ޓެރަރިސްޓް ޖަމާޢަތަކަށް ތާއީދުކުރާ މީހެއްކަމަށް ދޭހަވާފަދަ ލިޔުމެއް ގެންގުޅުމުގެ ކުށުގެ ދަޢުވާއާއި، ހަނގުރާމައަށް ދާން އުޅުމުގެ ކުށުގެ ދަޢުވާއެވެ.
ޢަބްދުﷲ ޢިމާދުގެ މައްޗަށް އުފުލާފައިވަނީ، ހަތަރު ދައުވާއެކެވެ. އެއީ ޓެރަރިޒަމްގެ އަމަލެއް ކުރުމަށް ރޭވުމުގެ ކުށުގެ ދަޢުވާއާއި، ޓެރަރިސްޓް ޖަމާޢަތަކަށް ތާއީދުކުރާ މީހެއްކަމަށް ދޭހަވާފަދަ ލިޔުމެއް ގެންގުޅުމުގެ ކުށުގެ ދަޢުވާއާއި، އަދުލުއިންސާފު ގާއިމުކުރުމަށް ހުރަސްއެޅުމުގެ ކުށުގެ ދަޢުވާއާއި، އޮރިޔާންކާޑު ގެންގުޅުމުގެ ކުށުގެ ދައުވާއެވެ.
އިބްރާހިމް ލޫތުގެ މައްޗަށް ދެދައުވާއެއް އުފުލާފާއިވާއިރު، އެއީ ޓެރަރިޒަމްގެ އަމަލެއް ކުރުމަށް ރޭވުމުގެ ކުށުގެ ދަޢުވާއާއި، އަދުލުއިންސާފު ގާއިމުކުރުމަށް ހުރަސްއެޅުމުގެ ކުށުގެ ދަޢުވާއެވެ.
ޝަމާޚު ޝަރީފްގެ މައްޗަށްވެސް ދެދައުވާއެއް އުފުލާފައިވެއެވެ. އެއީ ޓެރަރިޒަމްގެ އަމަލެއް ކުރުމަށް ރޭވުމުގެ ކުށުގެ ދަޢުވާއާއި، ޓެރަރިސްޓް ޖަމާޢަތަކަށް ތާއީދުކުރާ މީހެއްކަމަށް ދޭހަވާފަދަ ލިޔުމެއް ގެންގުޅުމުގެ ކުށުގެ ދައުވާއެވެ.
ޢަލީ މުނީޒުގެ މައްޗަށް ތިން ދައުވާއެއް އުފުލާފައިވާއިރު، އެއީ ޓެރަރިޒަމްގެ ޢަމަލެއް ކުރުމަށް ހިތްވަރު ދިނުމުގެ ކުށުގެ ދަޢުވާއާއި، ޓެރަރިޒަމްގެ ޢަމަލެއް ކުރުމަށް ބޭނުންވާ އުކުޅުތައް ދަސްކުރުމުގެ ކުށުގެ ދަޢުވާއާއި، ޓެރަރިސްޓް ޖަމާޢަތަކަށް ތާއީދުކުރާ މީހެއްކަމަށް ދޭހަވާފަދަ ލިޔުމެއް ގެންގުޅުމުގެ ކުށުގެ ދަޢުވާއެވެ.
މީގެއިތުރުން މުހައްމަދު އާސިރުގެ މައްޗަށް އެއް ދައުވާއެއް އުފުލާފާއިވާއިރު، އެއީ ޓެރަރިޒަމްގެ ޢަމަލެއް ކުރުމަށް ހިތްވަރު ދިނުމުގެ ކުށުގެ ދައުވާއެެވެ.
ސްވާލު:ޓެރަރިޒަމްގެ ޢަމަލެއް ކުރުމަށް ބޭނުންވާ އުކުޅުތައް ދަސްކުރުމުގެ ކުށުގެ ދަޢުވާ ސާބިތުކުރުމަށް ބޭނުންވަނީ ކޮންކަމެއް؟ ޖެނެރަލް ސައިންސްގައިވެސް ޓެރަރިޒަމްގައި ބޭނުންކުރެވިދާނެ އަމަލުތައް ކިޔަވައިދޭ. މިލިޓަރީގައިވެސް. ދަސްކުރި އެއްޗަކަށްވުރެ އެބޭނުންކޮށްގެން ކުރި އަމަލެއްނޫންތޯ ރަނގަޅު ނުރަނގަޅު ކަނޑައެޅުން ނޫންތޯ މުހިންމީ؟