އައްޑޫ ސިޓީގެ ބެޑްމިންޓަން ކޮމްޕްލެކްސް ގައުމީ ދުވަހު ހުޅުވިގެންދާނެކަމަށް އައްޑޫ ސިޓީ މޭޔަރު އަލީ ނިޒާރު ވިދާޅުވެއްޖެއެވެ.

އަލީ ނިޒާރު މިހެން ވިދާޅުވީ، މިއަދު ބޭވި އައްޑޫ ސިޓީ ކައުންސިލްގެ 4 ވަނަ ދައުރުގެ 18 ވަނަ ޖަލްސާގައެވެ.

އައްޑޫ ސިޓީގެ ބެޑްމިންޓަން ކޮމްޕްލެކްސްއާއި ގުޅޭ ގޮތުން ހިތަދޫ ރަސްގެދަރަ ދާއިރާގެ ކައުންސިލަރު ހުސެއިން ޒަރީރު ކުރެއްވި ސުވާލަށް ޖަވާބުދެއްވަމުން މޭޔަރު ވިދާޅުވީ އައްޑޫ ސިޓީގެ ބެޑްމިންޓަން ކޮމްޕްލެކްސް ގައުމީ ދުވަހު ހުޅުވިގެންދާނެކަމަށެވެ.

އައްޑޫ ސިޓީ ކައުންސިލާ އާއި ޔޫތު މިނިސްޓްރީ ގުޅިގެން ހިންގާ މި މަޝްރޫއު ހަވާލުކޮށްފައި ވަނީ އައްޑޫ ޕީޕަލްސް ކޯޕަރޭޓް ސޮސައިޓީ (އޭޕީސީ) އާ އެވެ.

އޭޕީސީއަކީ ކައުންސިލްގެ 51 ޕަސަންޓް ހިއްސާ އާއި އައްޑޫ ރައްޔިތުން 49 ޕަސަންޓް ހިއްސާ އޮންނަ ގޮތަށް 2016 ގައި އުފެއްދި ކޯޕަރޭޓިވްއެކެވެ. އައްޑޫގައި ބެޑްމިންޓަން ކޮމްޕްލެކްސް އަށް އަޅުމުގެ އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ 21 މެއި 2019 ގައެވެ.

މި މަޝްރޫއުގެ އަގަކީ 6،061،191.4 ރުފިޔާއެވެ.