ނެޓުހެޔޮ މަޝްރޫއުގެ ދަށުން އުރީދޫ ޕްރީޕެއިޑް، ޕޯސްޓްޕެއިޑް އަދި ފަސޭހަ ހޯމް ބްރޯޑްބޭންޑް ޕްލޭންސްތަކުގެ ޑޭޓާ އެލަވަންސްތަށް އިތުރުކޮށް، މުޅިން އައު ޕްލޭތަކެއް ތައާރަފްކޮށް، އުރީދޫ ޑޭޓާގެ އަގަށް ބޮޑެތި ބަދަލުތަކެއް ގެނެސްފިއެވެ.

ޕްރީޕެއިޑް ކަސްޓަމަރުންނަށް 60 އިންސައްތަ އާއި ހަމައަށް އުރީދޫގެ ކަސްޓަމަރުންނަށް އިތުރު ޑޭޓާ ލިބިގެންދާއިރު ޕޯސްޓްޕެއިޑް ކަސްޓަމަރުންނަށް ބޮޑެތި ޑޭޓާ އެލަވަންސްއާއިއެކު ހެޔޮ އަގުގައި މުޅިން އައު ޕެކޭޖްތަކެއް ވެސް ވަނީ ތަޢާރަފްކޮށްފައެވެ.

މީގެއިތުރުން ފަސޭހަ ހޯމް ބްރޯޑްބޭންޑް ޕްލޭންސްތަކަށް 25 އިންސައްތަ އިތުރު ޑޭޓާ އާއިއެކު، ކަސްޓަމަރުންނަށް ޚާއްޞަ އޮފަރއެއްގެ ގޮތުގައި 80 އިންސައްތަ އާއި ހަމައަށް އިތުރު ޑޭޓާވެސް ލިބިގެންދާނެއެވެ.

ނެޓުހެޔޮ މަޝްރޫއުގެ ދަށުން ޕްރީޕެއިޑް ޕްލޭންތަކަށް އައި ހެޔޮ ބަދަލާއެކު 60 އިންސައްތައާއި ހަމައަށް އިތުރު ޑޭޓާ އެލަވަންސްއާއިއެކު 38 އިންސައްތަ އާއި ހަމައަށްއަށް ޑޭޓާގެ އަގުވެސް ވަނީ ތިރިވެފައެވެ. މި ހެޔޮ ބަދަލާއެކު އުރީދޫ ޕްރީޕެއިޑް ގެންގުޅޭ ފަރާތްތަކަށް ޑިޖިޓަލް ޚިދުމަތްތައް ބޭނުންކޮށް އިންޓަނެޓްގެ ފުރިހަމަ ބޭނުންހިފުމަށް އިތުރަށް މަގު ފަހިވެގެންދާނެއެވެ.

މީގެއިތުރުން 30 އިންސައްތަ އާއި ހަމައަށް އިތުރު ޑޭޓާ އެލަވަންސްއާއިއެކު އައު ޕްލޭންތަކެއް ތަޢާރަފްކޮށްފައިވާއިރު، ޕޯސްޓްޕެއިޑް ކަސްޓަމަރުންނަށް 29 އިންސައްތައާއި ހަމައަށް ޑޭޓާގެ އަގު ތިރިވެފައި ވެއެވެ.

ސޯޝަލް މީޑިއާ އެޕްތަކުގެ ތެރެއިން ވައިބަރ، ޓުވިޓަރ، ވަޓްސަޕް، ފޭސްބުކް، އިންސްޓަގްރާމް އަދި ޓެލެގްރާމް ބޭނުންކޮށްލުމަށް ޚާއްޞަ ޑޭޓާ އެލަވަންސްއެއްވެސް ލިބިގެންދާނެއެވެ.

މީގެ އިތުރުން ނެޓުހެޔޮ ޕޯސްޓޕެއިޑް 600 އާއި މަތީގެ ޕްލޭންތައް ގެންގުޅުއްވާ ފަރާތްތަކަށް ޑޭޓާ ރޯލްއޯވަރގެ ޙިދުމަތާއެކު، ކަސްޓަމަރުންނަށް މަސް ނިމޭއިރު ބޭނުންނުކޮށް ހުރި ރެގިއުލަރ ޑޭޓާ އޮޓަމެޓިކުން އަނެއް މަހުގެ ޑޭޓާ އެލަވަންސްއަށް އެއްވެގެންދާނެއެވެ.