ކަލަރސް ޗެނަލުން އިޝްތިހާރު ކުރަމުން އަންނަ ބޮލީވުޑްގެ މަޝްހޫރު އެކްޓަރު ރަންވީރު ސިންގް ހޯސްޓްކުރާ ފުރަތަމަ ޓީވީ ޝޯ ކަލާޒްގެ "ދަ ބިގް ޕިކްޗާ" މި މަހުގެ 16 ގައި ޕްރީމިއާކުރަން ނިންމައިފިއެވެ.

ޝޯގެ ޕްރޮމޯތައް ދައްކާތާ މިހާރު ތިން މަހެއްހާ ދުވަސް ވަނީ ވެފައެވެ.

އިންޑިއާގެ ނޫހެއް ކަމަށްވާ އޭބީޕީން ލައިވްގައި ބުނެފައި ވަނީ "ދި ބިގް ޕިކްޗަރ" ޝޯވ އޮކްޓޯބަރ 16 އިން ފެށިގެން ކޮންމެ ހަފްތާއެއްގެ ހޮނިހިރާއި އާދީއްތަ ދުވަހުގެ ރޭ ރާއްޖެ ގަޑިން 7:30 ގައި ފެނިގެންދާނެ ކަމަށެވެ.

"ދި ބިގް ޕިކްޗަރ"ގެ ޕްރޮމޯޝަނެއް ރޭގައި ފެށި "ބިގް ބޮސް" ސީޒަން 15 ގެ ޕްރިމިއަރ ޝޯވގައިވެސް ވަނީ ގެނެސްދީފައެވެ.

ޕްރޮމޯޝަނަށް ރަންވީރު އޭނަގެ ސްޓައިލްގައި އައި އިރު "ބިގް ބޮސް"ގެ ހޯސްޓް ސަލްމާންވެސް ވަނީ ޝޯވގެ ޕްރޮމޯޝަންގައި ރަންވީރާއިއެކު ބައެއް ސްޓެޕްތަކަށް ފައިހަމަކޮށް " ދި ބިގް ޕިކްޗަރ" ޕްރޮމޯޝަނުގައި ބައިވެރިވެފައެވެ.

ފޮޓޯ: ޕިންކްވިލާ

"ދަ ބިގް ޕިކްޗާ" އަކީ ތަސްވީރު ދިމާކޮށްގެން ބޮޑެތި ފައިސާގެ އިނާމު ލިބޭ ކުއިޒް ޝޯއެކެވެ.

މިއީ ޓީވީ ޝޯއެއް ރަންވީރާ ކަޕޫރު ހޯސްޓް ކުރާ ފުރަތަމަ ފަހަރު ކަމަށްވެސް ވަނީ ބުނެފައެވެ.

ރަންވީރަކީ ސަކަ މިޒާޖެއްގެ މީހެއް ކަމުން ކުއިޒް ޝޯ ވެސް ރަންވީރުގެ ސިގްނޭޗާ ސްޓައިލްގައި ގެނެސްދޭނެކަމުގެ އުންމީދު ބޮޑު ކަމަށް ނޫސްތަކުގައި ރިޕޯޓްކޮށްފައިވެއެވެ.

ރަންވީރުގެ ދެ ފިލްމެއް ރިލީޒް ކުރުމަށް ވަނީ ތާވަލުކޮށްފައެވެ. އެއީ ޑިސެމްބަރު 24 ގައި ރިލީޒްވާނެ ކަމަށް އުއްމީދު ކުރާ ކްރިކެޓް ފިލްމު "83" އާއި ފެބްރުއަރީ 25 އަށް ތާވަލުކޮށްފައި އޮތް ސޯޝަލް ކޮމެޑީ "ޖަޔޭޝްބާއީ ޖޯރުދާރެ"އެވެ.

ރަންވީރު މިހާރު އަންނަނީ ކަރަން ޖޯހަރްގެ "ރޮކީ އޯރް ރާނީ ކީ ޕްރޭމް ކަހާނީ"ގެ މަސައްކަތްވެސް ކުރަމުންނެވެ.