"އިޚްލާސްތެރި ޕާޓީ މޯލްޑިވްސް" އުފައްދަން ދީފައިވާ ހުއްދަ ބާތިލްކޮށްފިއެވެ.

"އިޚްލާސްތެރި ޕާޓީ މޯލްޑިވްސް"ގެ ނަމުގައި، ސިޔާސީ ޕާޓީއެއް އުފެއްދުމުގެ މަސައްކަތް ކުރުމަށް މ.ކެލަން, މުޙައްމަދު އިސްމާއިލަށް ދީފައިވަނީ 3 އޮކްޓޯބަރ 2021 (އާދިއްތަ) ދުވަހުއެވެ.

ވީނިއުސްއަށް މައުލޫމާތު ދެއްވަމުން އިލެކްޝަންސް ކޮމިޝަންގެ ރައީސް ފުއާދު ތައުފީޤް ވިދާޅުވީ "އިޚްލާސްތެރި ޕާޓީ" އުފެއްދުމުގެ މަސައްކަތްކުރަން އެޕާޓީއަށް ދީފައިވާ ހުއްދަ ބާތިލް ކުރީ އެޕާޓީން އެކަމަށް އެދި ކޮމިޝަނަށް ހުށަހެޅުމުން ކަމަށެވެ. ޕާޓީ އުފެއްދުމުގެ މަސައްކަތް ކުރުމަށް ހުއްދަ ދިނީ މިދިިޔަ އާދިއްތަ ދުވަހު ކަމަށްވެސް ކޮމިޝަންގެ ރައީސް ވިދާޅުވިއެވެ.

"އިޚްލާސްތެރި ޕާޓީ"ގެ ނަމުގައި، ސިޔާސީ ޕާޓީއެއް އުފެއްދުމުގެ މަސައްކަތް ކުރުމަށް މ.ކެލަން, މުޙައްމަދު އިސްމާއިލަށް ހުއްދަ ދީފައިވަނީ 3 އޮކްޓޯބަރ 2021 ވަނަ ދުވަހުއެވެ.

މި ޕާޓީ ރަޖިސްޓަރީ ކުރުމަށް ފުރަތަމަ ހުށަހެޅީ "ކަރިޝްމާ ޕާޓީ"ގެ ނަމުގައެވެ.

އެހެން ނަމަވެސް ކަރިޝްމާ ޕާޓީގެ ނަމަކީ ސިޔާސީ ޕާޓީއަކަށް ކިޔަން އެކަށީގެންވާ ނަމެއް ނޫން ކަމަށާއި އެނަމުގައި ސިޔާސީ ޕާޓީއެއް އުފެއްދުމުގެ ހުއްދަ ދެވެން ނެތްކަން މިދިޔަ މަހު އިލެކްޝަންސް ކޮމިޝަނުން ވަނީ މުހައްމަދު އިސްމާއީލަށް އަންގާފައެވެ.

ކަރިޝްމާ ޕާޓީގެ ނަމުގައި ސިޔާސީ ޕާޓީއެއް އުފައްދަން މުހައްމަދު އިސްލާއީލް އެންމެ ފުރަތަމަ ހުށަހެޅީ 2019 ވަނަ އަހަރު އެވެ.

އޭގެ ފަހުން މިދިޔަ މަހުވެސް އޭނާ ވަނީ އެނަމުގައި ސިޔާސީ ޕާޓީއެއް އުފެއްދުމުގެ ހުއްދައަށް އެދި ހުށަހަޅާފައެވެ.

ސިޔާސީ ޕާރޓީތަކުގެ ދަފްތަރުގައި މިހާރުވެސް ދިހަ ސިޔާސީ ޕާޓީއެއް ހިމެނެއެވެ.