ޓީޗަރުންގެ ދުވަސް ފާހަގަކުރުމުގެ ގޮތުން، އަންހެނުންނަށް ހާއްސަ ތަފާތު ތަކެތި ވިއްކާ، ލޭޑީސް އެމްވީއިން ޓީޗަރުންނަށް ހަދިޔާ ބަހަން ނިންމައިފިއެވެ.

ލޭޑީސް އެމްވީން ބުނީ، އެ ފިހާރައިން ޓީޗަރުންގެ ދުވަސް ފާހަގަކުރުމުގެ ގޮތުން 100 ހަދިޔާ ބަހަން ނިންމާފައިވާކަމަށެވެ. މިކަން ކުރުމަށް ނިންމާފައިވަނީ ޓީޗަރުން ކުރާ ބުރަ މަސައްކަތުގެ އަގުވަޒަންކުރުމުގެ ގޮތުންކަމަށް ލޭޑީސް އެމްވީން ބުނެއެވެ.

އެގޮތުން މިރޭ 9:00 އިން 11:00 އަށް ލޭޑީސް އެމްވީގެ ފިހާރައަށް ދިޔުމުން ހަދިޔާ ނެގޭނެއެވެ. ހަދިޔާ ނަގަން ދާއިރު ޓީޗަރު ކާޑު ހިފައިން ދިޔުމަށް އެ ފިހާރައިން ވަނީ އެދިފައެވެ.

ލޭޑީސް އެމްވީއަކީ އަންހެން ކަނބަލުންނަށް ހާއްސަ ތަފާތު ކޮސްމެޓިކްސް ރާއްޖެ އެތެރެކޮށް ވިއްކާ ފިހާރައެކެވެ.

މި ފިހާރަ ހުންނާނީ ބުރުޒު މަގުގައެވެ.