މި މަހުގެ 1 ވަނަ ދުވަހު ރިލީޒްކުރި ފިލްމް "ޝިއްދަތު"ގައި ހިމެނޭ ފިލްމްގެ ޓައިޓަލް ލަވައަށް މިހާތަނަށް 6 މިލިއަން ވިއުސް ލިބިއްޖެއެވެ.

ފިލްމްގައި ހިމެނޭ އޮރިޖިނަލް ލަވައިގެ އަންހެން ވާރޝަން ކިޔާފައި ވަނީ އިންޓަރނެޓްގައި މަގްބޫލުކަން ހޯދަމުން އަންނަ ސްރީލަންކާގެ ޒުވާން ލަވަ ކިޔުންތެރިޔާ ޔޮހާނީ ޑިލޯކާ ޑިސިލްވާއެވެ.

ޔޮހާނީގެ އަޑުން އޭނަ ރިކޯޑް ކޮށްފައިވާ މިލަވަ ރިލީޒްކުރިތާ ހަފްތާއެއްގެ ތެރޭގައި ލަވައަށް ވަނީ 6 މިލިއަނަށްވުރެ ގިނަ ވިއުސް ލިބިފައެވެ.

މިލަވަ ޔޮހާނީ ކިޔާފައިވާލެއް ފުރިހަމަ ކަމުން އަޑުއެހުންތެރިން އަންނަނީ އޭނާ އަށް ތައުރީފު ކުރަމުންނެވެ.

https://www.youtube.com/watch?v=4K6RlzLXAtk&ab_channel=Yohani

މި މަހުގެ 1 ވަނަ ދުވަހު ރިލީޒްކުރި ފިލްމް "ޝިއްދަތު"ގައި ހިމެނޭ ފިލްމްގެ ހިތްގައިމު ޓައިޓަލް ލަވަ ކިޔާފައިވަނީ މަނަން ބަރްދް ވާޖްގެ އަޑުންނެވެ.

އަދި ލަވައިގެ އަންހެން ވާޝަނެއް ވެސް ވަނީ ރިލީޒް ކޮށްފައެވެ.

ޔޯހާނީ އާއްމުންގެ ތެރޭގައި އެންމެ ބޮޑަށް މަޝްހޫރު ވެގެންދިޔައީ އޭނާ ކީ ސިންހަޅަ ލަވައެއް ކަމުގައިވާ "މަނިކޭ މަގޭ ހިތޭ" ގެ ކަވާ ވާޝަނުންނެވެ.

އާނމުކޮށް ސިންހަޅަ ލަވައާއި، ހިންދީ ލަވަތަކުގެ ކަވާ ވާޝަންތައް ކިޔާ އުޅޭ، ޔޯހާނީ އެންމެ ބޭނުންވަނީ ބޮލީވުޑް ފިލްމުތަކަށް ލަވަ ކިޔަން ކަމުގައިވެސް ދާދި ފަހުން އޭނަ ދިން އިންޓަރވިއުއްގައި ވަނީ ބުނެފައެވެ.

"މަނިކޭ މަގޭ ހިތޭ" ގެ ޔޯހާނީ ކީ ކަވާ ވާޝަނާއެކު އޭނާގެ މަޝްހޫރުކަންވެސް މިހާރު ބޮޑުވެފައި ވާއިރު، މިއީ ދިވެހިންގެ މެދުގައިވެސް ބޮޑު މަގުބޫލުކަމެއް ހޯދާފައިވާ ލަވައެކެވެ. އެކަމުގެ ހެއްކަކީ ޔޮހާނީގެ ކަވަރ ވާޝަން ނެރުނުތާ ކުޑަދުވަސް ކޮޅެއްގެ ތެރޭގައި ލަވައިގެ ދިވެހި ކަވަރ ތަކެއް ނެރުމެވެ.