ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ރާއްޖެ ވަޑައިގެންފިއެވެ.

އެމަނިކުފާނު ރާއްޖެ ވަޑައިމިގަތީ ހަތަރު މަސްދުވަސް ވަންދެން ރާއްޖޭން ބޭރުގައި ހުންނެވުމަށް ފަހުގައެވެ.

ރައީސް ނަޝީދަށް އެއާޕޯޓުން މަރުހަބާ ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހެވެ.

އަދި ރައީސް ނަޝީދަށް އެއާޕޯޓްގެ ވީއައިޕީގައި ދައުލަތުގެ ވަޒީރުންނާއި، މަޖިލިސް މެމްބަރުންވެސް ވަނީ ހޫނު މަރުހަބާއެއް ދަންނަވާފައެވެ.

ރައީސް ނަޝީދަށް ތާއީދުކުރައްވާ ބައެއް ފަރާތްތަކުން އެމަނިކުފާނަށް މަރުހަބާ ކިޔުމަށް އެއާޕޯޓުގައިވެސް ދަނީ ހަރަކާތްތެރިވަމުންނެވެ.

ރައީސް ނަޝީދު މިއަދު ރާއްޖެ ވަޑައިގެންނެވިއިރު، އެމަނިކުފާނު މީގެކުރިންވަނީ، ރާއްޖެ ވަޑައިގެންނެވެން ނެތްކަމަށާއި ރާއްޖެއިން ބޭރުގައި ދިރިއުޅުމުގެ ހުއްދައަށް އެދި މަޖިލީހަށް ސިޓީއެއް ފޮނުއްވާފައެވެ.

އެ ސިޓީގައި ރައީސް ނަޝީދު ވިދާޅުވެފައިވަނީ، އެމަނިކުފާނަށް ދިން ހަމަލާގެ ތަހުގީގު ނިމި، އެކަން ހިންގައި ރޭވި ފަރާތްތައް އިންސާފުގެ ކުރިމައްޗަށް ގެނެވި، ހައްޔަރުގައި ބޭތިއްބުމުގެ ކުރީގައި އެމަނިކުފާނު ރާއްޖެ ވަޑައިގަތުމަކީ އެމަނިކުފާނާއި އާއިލާ އާއި އަދި ހެޔޮއެދޭ އެތައް ބަޔަކުވެސް ޖެހިލުންވާ ކަމެއް ކަމަށެވެ.

މައުލޫމާތު ލިބޭގޮތުގައި ރައީސް ނަޝީދު ރާއްޖެއަށް 3 ދުވަހަށެވެ.

އަދި މިދަތުރުފުޅާ ގުޅިގެން ސެކިއުރިޓީ ވަނީ ވަރަށް ވަރުގަދަކޮށްފައެވެ.