ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހް ލ.ގަން ރީޖަނަލް ހޮސްޕިޓަލްގެ ބޯޑު މިއަދު އެކުލަވައިލައްވައިފިއެވެ.

މި ބޯޑަކީ ލ.ގަން ރީޖަނަލް ހޮސްޕިޓަލުގެ ހިންގުމުގެ ކަންކަން ލާމަރުކަޒީ އުސޫލުން ބެލެހެއްޓެވުމަށްޓަކައި އުފައްދަވާފައިވާ ބޯޑެކެވެ.

މި ބޯޑު ހިމެނިވަޑައިގެންނަވާ ބޭފުޅުންނަކީ ލ.ގަން މުކުރިމަގު ސޯސަންވިލާ އިބްރާހީމް ޝަރީފް އާއި ދަފްތަރު. ނަންބަރު ރސ 9558 ޑރ. މުހައްމަދު އިސްމާއީލް، ލ. ފޮނަދޫ އަޅިވިލާގެ މުހައްމަދު ހަމީދު އަދި ލ. ގަން، ތުނޑި، ބިނާ އިސްމާއީލް އަލީގެ އިތުރަށް ލ. ގަން ތުނޑި، ފިތުރޯނުމާގެ މުހައްމަދު ޝިޔާމްއެވެ.

މި ބޯޑުގެ ޗެއަރޕަރސަންގެ މަގާމަށް ރައީސުލްޖުމްހޫރިއްޔާ އައްޔަންކުރައްވާފައި ވަނީ އިބްރާހީމް ޝަރީފެވެ.