އެމްވީ ޕްލަސްގެ ކޮމިއުނިޓީ އިމްޕެކްޓް އެވޯޑް 11 ޖަމިއްޔާއަކަށް ލިބިއްޖެއެވެ.

މި އެވޯޑް ބާއްވާފައިވަނީ މިމަހުގެ 6 ވަނަ ދުވަހުއެވެ.

އެމްވީ ޕްލަސްއިން ބުނީ ކޮމިއުނިޓީ އިންޕެކްޓް އެވޯޑްސްގެ މަޤްސަދަކީ ހޮވާލެވޭ ލޯކަލް އެންޖީއޯތަކުގެ މަސައްކަތުގެ އަގުވަޒަންކޮށް އަދި ޖަމިއްޔާތަކުގެ މަސައްކަތް އިތުރަށް ފުޅާކުރުމަށް ހިތްވަރުދިނުންކަމަށެވެ.

މިއަހަރުގެ މި އެވޯޑް ރާއްޖޭގައި ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާތާ 2 އަހަރުވެފައިވާ 11 ޖަމިއްޔާއަކަށްވަނީ ދީފައެވެ.

މިއަހަރުގެ އެވޯޑް ލިބުނު ޖަމިއްޔާތައް:

 1. އެޑްވޮކޭޓިންގ ރައިޓްސް އޮފް ޗިލްޑްރަންސް (އާރކް)

 2. ކެންސަރ ސޮސައިޓީ އޮފް މޯލްޑިވްސް

 3. ކްލީން މޯލްޑިވްސް

 4. އެންޑޯމީޓްރިއޮސިސް އެސޯސިއޭޝަން އޮފް މޯލްޑިވްސް

 5. ފެމިލީ ލީގަލް ކްލިނިކް

 6. ހޯފް ފޯރ ވިމެން

 7. މާރސީ

 8. މަމްސް އޮފަރިންގ މަމްސް ސަޕޯޓް (މަމްސް)

 9. ސޭވް ދަ ބީޗް މޯލްޑިވްސް

 10. ސޮސައިޓީ ފޯރ ހެލްތް އެޑިޔުކޭޝަން

 11. ޒީރޯ ވޭސްޓް މޯލްޑިވްސް

ނޮން ޕްރޮފިކް ޖަމިއްޔާތަކަކީ އިޖްތިމާއީ އެކިއެކި ކަންކަމުގައި ހައްލު ހޯދައިދޭ މުހިންމު ބައެއްކަމަށް އެމްޗީ ޕްލަސްއިން ބުނެއެވެ. އެހެންކަމުން މިފަދަ ޖަމިއްޔާތައް ބާރުވެރިކޮށް ޖަމިއްޔާތަކަށް އެހީތެރިވުމަކީ އެމްވީ ޕްލަސްގެ ވަރަށް ބޮޑު އަމާޒެއްކަމަށްވެސް ވަނީ ބުނެފައެވެ.

ކޯޕަރޭޓް މޯލްޑިވްސްގެ ގޯލްޑް 100 ގެ ގާލާ އިވެންޓްގައި މި އެވޯޑްލިބޭ އެންޖީއޯތަކަށް ފަންޑްރެއިޒް ކުރެވޭނެކަމަށްވެސް އެވްމީ ޕްލަސްއިން ބުނެއެވެ. އަދި ހަމަ އެހެންމެ މި އެންޖީއޯތަކަށް އެމްވީ ޕްލަސް ވެބްސައިޓް (https://www.plus.mv/community-impact-awards)އިން ޑޮނޭޓްވެސް ކުރެވޭނެއެވެ.