ރާއްޖޭގެ ބޮޑު ބަޔަކަށް މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް ވައިޓް އެލާޓް ނެރެފިއެވެ.

ވައިޓް އެލާޓް ނެރެފައިވަނީ ރާއްޖޭގެ އުތުރުން ހއ. އަތޮޅުން ފެށިގެން ތ. އަތޮޅަށެވެ.

މެޓޮ އޮފީހުން ބުނެފައިވަނީ މިއަދު ހެނދުނު 10:15 އިން ހަވީރު 4:00 މި އަތޮޅުތަކަށް މޫސުން ގޯސްވާނެ ކަމަށެވެ.

މި އަތޮޅުތަކަށް ބޯކޮށް ވާރޭ ވެހުމާއެކު ގުގުރާނެ ކަމަށާއި ވިލާގަނޑުގައި ގާތްގަނޑަކަށް 45 މޭލަށް ވައިގަދަވެ އަދި ކަނޑުތައް ވެސް ގަދަވާނެ ކަމަށް ލަފާކޮށްފައި ވެއެވެ.

ކުރިއަށް އޮތް 24 ގަޑިއިރު ރާއްޖޭގެ އެކިހިސާބަށް ވިއްސާރަ ކުރާނެ ކަމަށާއި އަދި ބައެއް ރަށްތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭ ވެހުން އެކަށީގެންވާ ކަމަށެވެ.

އެހެންކަމުން މެޓް އޮފީހުން ވަނީ ކަނޑު ދަތުރުކުރުމުގައި ވަރަށް ބޮޑަށް ސަމާލުވުމަށް އިލްތިމާސް ކޮށްފައެވެ.

ވަކިން ހާއްސަކޮށް އުތުރާއި މެދުތެރޭގެ އަތޮޅުތަކުގެ ދަތުރުތަކުގައި ސަމާލުވާން އެދިފައިވެއެވެ.