ދިވެހިރާއްޖޭގެ ގުޅުން (ދިރާގު) ގެ ޕޯސްޓްޕެއިޑް ބައެއް ހިދުމަތްތަކަށް ބުރޫއެރި ނަމަވެސް ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި މައްސަލަ ހައްލުކުރެވިފައިވާ ކަމަށް ދިރާގުން ބުނެފިއެެވެ.

މިކަން ހާމަކޮށް ދިރާގުގެ ޓްވިޓްގައި ބުނެފައިވަނީ ޕޯސްޓްޕެއިޑް ހިދުމަތްތަކަށް ބުރޫއެރީ މިއަދު މެންދުރު 1:30 އެހާއިރު ކަމަށެވެ.

ހިދުމަތްތަކަށް ބުރޫއެރި ކަމުގައި ވީނަމަވެސް ދިމާވި މައްސަލަ މިހާރު ރަނގަޅުކޮށް ހިދުމަތަށް ލިބޭނެ ކަމަށް ދިރާގުން ބުނެއެވެ.

ދިރާގުގެ ޕޯސްޓްޕެއިޑް ނަމްބަރުތަކުން މީހުންނަށް ގުޅޭގޮތް ވަނީ ނުވެފައެވެ. އަދި މޯބައިލް ޑާޓާ ބޭނުން ނުކުރެވެއެވެ. އަދި އެސްއެމްއެސްވެސް ނުފޮނުވެެއެވެ.

މިކަމުގެ ސަބަބުން ދިރާގުގެ ޕޯސްޓްޕެއިޑްގެ ގިނަ ކަސްޓަމަރުންނަށް ދަތިތަކާ ކުރިމަތިލާން ޖެހުނެވެ.

ދިރާގަކީ ދިވެހިރާއްޖޭގައި ޓެލެކޮމިއުނިކޭޝަންގެ ހިދުމަތް ފުޅާދާއިރާއެއްގައި ކުރަމުން އަންނަ އެއް ކުންފުންޏެކެވެ.