މަރާލައި، ގޯންޏަކަށް ލައި އެއްލާލާފައި އޮތް މީހަކު އަދ ދަނގެތިން ފެނިއްޖެއެވެ.

ފުލުހުން ބުނީ، ގޯންޏަކަށް ލައި އެއްލާލާފައި އޮތް މީހަކު މަރުވެފައިވާކަމަށް ފުލުހުންނަށް މިއަދު ރިޕޯޓްކޮށްފައިވާކަމަށެވެ. އަދި އެސަރަހަށްދުގައި މިހާރު ފުލުހުން ހަރަކާތްތެރި ވަމުންދާކަމަށެވެ.

މިމައްސަލާއާއި ގުޅޭ އިތުރު މައުލޫމާތެއް ފުލުހުން ހިއްސާއެއް ނުކުރެއެވެ.

ވީނިއުސްއަށް މައުލޫމާތު ލިބިފައިވާ ގޮތުގައި މަރާލާފައިވަނީ، އެރަށަށް އުފަން އުމުރުން 55 އަހަރުގެ މަހުމޫދު އަބޫބަކުރެވެ.

މަރާލާފައިވަނީ ވިޔަފާރިވެރިއެއްކަމަށްވެސް މައުލޫމާތު ލިބެއެވެ.