އުތުރުގެ ރަށެއްގައި 11 އަހަރުގެ ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލައާއި ގުޅިގެން ކުއްޖާގެ ރައްކާތެރިކަން މިހާރު ކަށަވަރު ކޮށްފައިވާކަމަށް ޖެންޑާ މިނިސްޓްރީން ބުނެފިއެވެ.
މިނިސްޓްރީން ބުނީ މައްސަލަ ހުށަހެޅުމާއެކު ކުއްޖާގެ ރައްކާތެރިކަން ކަށަވަރުކުރުމުގެ މަސައްކަތް އެ މިނިސްޓްރީން ކުރަމުން އަންނަ ކަމަށެވެ. "ވީނިއުސް" އަށް މައުލޫމާތު ލިބިފައިވާގޮތުގައި ޖެންޑާ މިނިސްޓްރީގެ ޓީމެއް ދަނީ އެރަށުގައި ހަރަކާތްތެރިވަމުންނެވެ.
ހުށަހެޅުނު މައްސަލައާ ގުޅުން ހުރި އިދާރާތަކާއެކު އެ މިނިސްޓްރީން މަސައްކަތް ކުރަމުން އަންނަ ކަމަށްވެސް ޖެންޑާއިން ބުނެއެވެ.
މި މައްސަލައާއި ގުޅިގެން 37 އަހަރުގެ ދިވެހި ފިރިހެނެއް ހައްޔަރުކޮށްފަވާއިރު އޭނާ ހައްޔަރުކޮށްފައިވަނީ ކޯޓު އަމުރެއްގެ ދަށުން ރޭގެ ވަގުތެއްގައެވެ.
ނޯތު ޕޮލިސް ޑިވިޝަންގައި ހިމެނޭ ރަށެއްގައި އިތުބާރު ކުރެވޭ މަގާމެއްގައި ހުރެގެން 11 އަހަރުގެ ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލައެއް ރިޕޯޓުކޮށްފައިވަނީ މި މަހުގެ 12 ވަނަ ދުވަހުއެވެ.
ފުލުހުންނާއި ޖެންޑާ ގުޅިގެން ދަނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.