ކޮވިޑް-19 ޖެހިގެން ތިން މަހުގެ ކުއްޖަކު ގދ.ތިނަދޫން ނިޔާވެއްޖެއެވެ.

މައޫލޫމާތު ލިބޭ ގޮތުގައި ނިޔަފަވެފައި ވަނީ ތިން މަހުގެ ފިރިހެން ކުއްޖެކެއެވެ. އެކުއްޖާ ނިޔާވީ ތިނަދޫ ކޮވިޑް ފެސިލިޓީގައި ފަރުވާ ދެމުން ދަނިކޮށެވެ.

އެ ކުއްޖާ ނިޔާވީ ރޭ ފަތިހުގެ ވަގުތުގައިއެވެ.

މއީ ރާއްޖެއިން ކޮވިޑް ޖެހިގެން ނިޔާވި އެންމެ ހަގު ކުއްޖާއެވެ.

ރާއްޖެން ކޮވިޑް ޖެހިގެން ނިޔާވި މިހުންގެ އަދަދު މިހާރު ވަނީ 239 އަށް އަރާފައެވެ.