ކޮވިޑް-19 ބަލީގައި އައްޑޫއިން މީހަކު މަރުވެއްޖެއެވެ.

ހެލްތް ޕްރޮޓެކްޝަން އެޖެންސީން ބުނީ، އައްޑޫ ކޮވިޑް މެނޭޖްމެންޓް ފެސިލިޓީން ކޮވިޑް ބައްޔަށް ފަރުވާ ހޯދަމުންދިޔަ އުމުރުން 87 އަހަރުގެ ދިވެހި ފިރިހެނެއް މަރުވެފައިވާކަަމަށެވެ.

މިއީ ކޮވިޑް ބަލީގައި ރާއްޖޭން މަރުވި 239 ވަނަ މީހާއެވެ.

އިއްޔެވެސް ކޮވިޑް ބަލީގައި ވަނީ މީހަކު މަރުވެފައިވާައިރު، އިއްޔެ މަރުވީ ހުޅުމާލޭ މެޑިކަލް ފެސިލިޓީން ފަރުވާ ހޯދަމުންދިޔަ އުމުރުން 80 އަހަރުގެ ދިވެހި އަންހެނެކެވެ.