ސީލައިފް ގްލޯބަލް އިންކް ޕްރައިވެޓް ލިމިޓެޑަށް އެޕާޓްމަންޓް ގަތުމަށް ފައިސާދައްކާފައިވާ ފަރާތްތަކަށް "ވިނަރެސް" ހައުސިންގ މަޝްރޫޢުގެ ދަށުން އެޕާޓްމަންޓް ގަތުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

އެޗްޑީސީން ބުނީ ސީލައިފް ގްލޯބަލް އިންކް ޕްރައިވެޓް ލިމިޓެޑަށް އެޕާޓްމަންޓް ގަތުމަށް ފައިސާ ދައްކާފައިވާ ފަރާތްތަކާއި ދެމެދު ހެދިފައިވާ"ސެޓްލްމަންޓް އެގްރީމެންޓްގެ" 4.3 ވަނަ މާއްދާގެ ދަށުން ސީލައިފް ގްލޯބަލް އިންކް ޕްރައިވެޓް ލިމިޓެޑަށް ފައިސާ ދައްކާފައިވާ ފަރާތްތަކުގެ ތެރެއިން އެކޯޕަރޭޝަނަށް ލިޔުން ހުށަހަޅާ، އެކޯޕަރޭޝަނުން އެފައިސާ ރީފަންޑު ކޮށްދީފައިވާ ފަރާތްތަކަށް، ހުޅުމާލެ ދެވަނަ ފިޔަވަހީގައި ތަރައްގީ ކުރަމުންދާ "ވިނަރެސް" ހައުސިންގ މަޝްރޫއުގެ ދަށުން އެޕާޓްމަންޓް ގަތުމުގެ ފުރުސަތު ދިނުމަށް ހަމަޖެހިފައިވާ ކަމަށެވެ.

އެހެންކަމުން، ވިލަރެސްއިން އެޕާޓްމަންޓް ގަތުމަށް ޝައުގުވެރިވާ ފަރާތްތަކުން މިމަހުގެ އަށާވީސްވަނަ ދުވަހުގެ 15:30 ކުރިން ލިންކް މެދުވެރިކޮށް ރަޖިސްޓްރީ ކުރުމަށް އެ ކުންފުނިން ވަނީ އެދިފައެވެ.

ލިންކް މެދުވެރިކޮށް ރަޖިސްޓްރީ ކުރައްވާ ފަރާތްތަކަށް، ވިލަރެސްގެ މަޢުލޫމާތު ހިމެނޭ ލިޔެކިޔުންތައް އީމެއިލް ކުރެވޭނެއެވެ.

އަދި، އެކޯޕަރޭޝަނުން ފައިސާ ރީފަންޑު ކޮށްދީފައިވާ ފަރާތްތަކުގެ އިތުރުން، އެހެންފަރާތްތަކުން ސީލައިފްގެ އެޕާޓްމަންޓް ގަތުމަށްފައިސާ ދައްކާފައިވާނަމަ، ފައިސާ ދެއްކިކަން ސާބިތުކޮށްދޭ ލިޔުން [email protected] އަށް އީމެއިލް ކުރުމަށް ފަހު ރަޖިސްޓްރީ ކުރުމަށް އެޗްޑީސީން ވަނީ އެދިފައެވެ.

ވިނަރެސްއިން އެޕާޓްމަންޓް ގަތުމަށް ޝައުގުވެރިވާ ފަރާތްތަކުން ރަޖިސްޓްރީ ކުރުމަށްއެދޭ https://bit.ly/2zjBbu މި ލިންކް ބޭނުން ކުރެވޭނެ ކަމަށް އެޗްޑީސީން ބުންޏެވެ.